Last Updated: July 12, 22:47
Sunday, July 12, 2026
ޚަބަރު

ބައެއް ސަރަހައްދުތަކަށް އުދަ އަރާނެ ކަމަށް ލަފާކޮށްފި

މިއަދު ވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް ގައުމީ މޫސުމާ ބެހޭ އިދާރާ އިން ވައިޓް އެލާޓް ނެރެފައިވެ އެވެ.

އެގޮތުން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް އެލާޓް ނެރެފައި ވަނީ މެންދުރު ފަހު 2:00 އިން ހަވީރު 6:00 އާ ހަމައަށެވެ. އިއްޔެ ވެސް މުޅި ރާއްޖެ އަށް އުދައަރާނެ ކަމަށް ލަފާކޮށް އެލާޓް ނެރުނެވެ.

ހުކުރު ދުވަހު ރާއްޖޭގެ ދެކުނުގެ ބައެއް ސަރަހައްދުތަކަށް އުދަ އަރައި ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.