Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ޕީޕީއެމްގެ ކައުންސިލަކީ މިހާރު "ސެނެޓް" އެއް

ޕީޕީއެމްގެ ކައުންސިލްގެ ނަން މިހާރު "ސެނެޓް" އަށް ބަދަލުކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ލީޑަރަކަށް ހުންނަވާ އަދި ރާއްޖޭގައި ދެވަނަ އަށް މެމްބަރުން އެންމެ ގިނަ ޕާޓީން ބުނީ ކައުންސިލްގެ ނަން "ސެނެޓް އަށް ބަދަލުކޮށް، އައި ހިމެނޭ މެމްބަރުންނަކީ ސެނެޓަރުން ކަމަށް ރޭ ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށެވެ.

ޕީޕީއެމްގެ ކައުންސިގައި މިހާރު ހިމެނެނީ 17 މެންބަރުންނެވެ. އެއީ ފިރިހެން 12 މެމްބަރުންނާއި ފަސް އަންހެން މެމްބަރުންނެވެ. ޕީޕީއެމަކީ މި ވަގުތު ރާއްޖޭގެ އެންމެ ބޮޑު އިދިިކޮޅު ޕާޓީ އެވެ. އަދި ޕީއެންސީ އަކީ އެ ޕާޓީގެ ކޯލިޝަން ބައިވެރިއެކެވެ.

މި ދެ ޕާޓީ ގުޅިގެން މި ފަހުން ސިޔާސީ ގޮތުން އެންމެ ބާރަށް ކުރިއަށް ގެންދާ އެންމެ ބޮޑު އެއް ހަރަކާތަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނެވެ.