Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ތިމާވެށީގެ ކޮންފަރެންސަކަށް ނަޝީދު އުކުޅަހުގައި

ތިމާވެއްޓާ ގުޅޭ ކޮންފަރެންސަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އއ. އުކުޅަހަށް ވަޑައިގެންފި އެވެ.

މި ކޮންފަރެންސަކީ އިންޓަނޭޝަނަލް އޮގަނައިޒޭޝަން އޮފް ސުޕްރީމް އޮޑިޓްގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ "ވޯކިން ގްރޫޕް އޮން އެންވަޔަރަމަންޓް އޮޑިޓް ކޮންފަރެންސް" އެވެ. މީގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކުރައްވައި ނަޝީދު ވަނީ އޭގައި އެ މަނިކުފާނު މައިގަނޑު ދެ ސުވާލެއް ފެންމަތިކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކުގެ އަގަކީ ކޮބައިތޯ އާއި ރާއްޖެ އެކަމަކަށް ބިނާވެފައި އޮތް ފަރުތަކުގެ އަގަކީ ނުވަތަ ފަރުތަކުގެ އަކަމީޓަރެއްގެ އަގަކީ ފައިސާ އިން ކިރާނަ ނަމަ ކިހާ ވަރެއްތޯ ސާފުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ނަޝީދަކީ ރާއްޖޭގެ ތިމާވެއްޓާ ގުޅޭ ގޮތުން ބައިނަލްއަގްވާމީ މައިދާނުގައި ވެސް ވަރަށް ބޮޑަށް ވަކާލާތުކުރައްވާ ބޭފުޅެކެވެ. ހާއްސަކޮށް ކްލައިމެޓް ޗޭންޖްގެ ސަބަބުން ރާއްޖެ އަށް ކުރިމަތިވާ މައްސަލަތަކާ ބެހޭ ގޮތުންނެވެ.