Last Updated: April 25, 12:03
Thursday, April 25, 2024
ރިޕޯޓް

އައިދިން: މަރަދޫގެ ފުރަތަމަ ފިރިހެން ހާފިޒު

ޤުރުއާން ހިތުދަސްކޮށްގެން އައްޑޫ މަރަދޫގެ 14 އަހަރުގެ ކުއްޖަކު އެ އަވަށުގެ ފުރަތަމަ ފިރިހެން ހާފިޒުގެ މަގާމު ހޯދައިފި އެވެ

ތަހުފީޒު ސެންޓަރުގައި ޤުރުއާން ހިތުދަސްކޮށް އައްޑޫ ސިޓީ ކައުންސިލްގެ ހާފިޒުން އިމްތިހާނުކުރާ ކޮމިޓީގެ ދަށުން ހިންގާ މުހައްމަދު އައިދިން ނަޖުނީ ޤުރުއާން ކިޔައިދީ ނިންމީ އެއް ވަނަ ދަރަޖައިގައި ކަމަށް އެ ސެންޓަރުން ބުންޏެވެ. މިކަން ފާހަގަކުރުން އޮތީ ރޭގަ އެވެ.

ތަހުފީޒު ސެންޓަރުން ބުނި ގޮތުގައި އަލް ހާފިޒި މުހައްމަދު އައިދިން ނަޖުމީ އަކީ އެ ކުލާހުގެ ދަރިވަރުންގެ ތެރެއިން އައްޑޫގައި އޮންނަ އިމްތިހާނު ކޮމިޓީގައި ކިޔައިދިން ފުރަތަމަ ދަރިވަރު ވެސް މެ އެވެ. މަރަދޫގެ ފުރަތަމަ ފިރިހެމް ހާފިޒުގެ އިތުރުން ޤުރުއާންހެ އިލްމުން އައިދިން ހޯދި އިތުރު ޝަރަފުތަކަށް ބަލާ އިރު، އޭނަ އަކީ އެ އަވަށުން ހާފިޒަކަށްވި ފުރަތަމަ ކުޑަކުއްޖާ ވެސް މެ އެވެ.

މީގެ އިރުތުން ހިތަދޫ ހިރާ ސްކޫލްގައި ކިޔަވަމުން އަންނަ ދަރިވަރަކީ އައްޑޫގެ އިމްތިހާނު ކޮމިޓީ އަށް ކިޔައިދިން ފުރަތަމަ ދަރިވަރުގެ އިތުރުން އެ ސްކޫލްގެ ދަރިވަރަކު ހާފިޒަކަށްވި ފުރަތަމަ ފަހަރު ވެސް މެ އެވެ. އަދި އައިދިން އަކީ ތަހުފީޒު ސެންޓަރުގެ ދަރިވަރުންގެ ތެރެއިން އިމްތިހާނު ކޮމިޓީ އަށް ކިޔައިދީ ހާފިޒަކަށްވި ފުރަތަމަ ދަރިވަރެކެވެ.

އެހެންވެ ރެ އަކީ އެތަމުގެ އެންމެ ކާމިޔާބު އަދި އެންމެ އުފާވެރި އެއް ރޭ ކަމަށް ބުންޏެވެ. އަދި އައިދިން ހޯދި ކާމިޔާބީ އަށް ތަހުފީޒު ސެންޓަރުން މަރުހަބާ ކިޔާފައިވެ އެވެ.