Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

އަންހެނުންގެ ބަނޑަށް ވަޅި ހެރި މީހާ އަށް ދައުކޮށްފި

މިދިޔަ މަހުގެ ތެރޭގައި ށ. ފޭދޫގައި ފިރިހެނަކު އޭނަގެ އަނބިމީހާގެ ބަނޑަށް ވަޅި ހެރި މަައްސަލާގައި ދައުވާކޮށްފި އެވެ.

މިދިޔަ މަހުގެ 2 ވަނަ ދުވަހުގެ ރޭ ހިނގި އެ ހާދިސާއާ ގުޅިގެން ދައުވާކުރީ އެ ރަށު ރޭޑިއަމް އާދަމްގެ މައްޗަށް ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ބުންޏެވެ. އޭނަ އަންހެނުންގެ ބަނޑަށް ވަޅި ހެރި ނަމަވެސް އެ ހާދިސާގައި އަންހެން މީހާ އަށް ސީރިއަސް ގެއްލުމެއް ނުލިބެ އެވެ.

އެ ހާދިސާއާ ގުޅިގެން އާދަމް ހައްޔަރުކުރި ވެސް ކުރި އެވެ. އެކަމަކު ނަސޭހަތް ދިނުމަށް ފަހު ފަހުން ވަނީ ދޫކޮށްލި އެވެ.

އާދަމްގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ. އޭނަގެ މައްޗަށް ދައުވާކުރަން ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅީ ޖޫން މަހުގެ 30 ގަ އެވެ. ދައުވާ ސާބިތުވެއްޖެ ނަމަ އާދަމަށް 7 އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.