Last Updated: August 8, 11:43
Monday, August 8, 2022
ޚަބަރު

އަލިމަތާ އަށް 312،000ރ. ގެ ޖޫރިމަނާއެއް

މޫދަށް ކުނި އެޅި މައްސަލައެއްގައި އަލިމަތާ ރިސޯޓް 312،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ ވ. އަލިމަތާ ރިސޯޓުން ކުނި މެނޭޖްކުރުމުގެ ގަވާއިދުގެ މިންގަނޑުތަކާ ހިލާފުވެފައިވާ ކަމަށެވެ. އެގޮތުން ކުނިވާ ޒާތުގެ ގިނަ އަދަދެއްގެ ކުނި އެ ރިސޯޓުން މޫދަށް އަޅާފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ.

އެހެންވެ އެ ރިސޯޓުން ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން 312،000 ރުފިޔާ އިން ޖޫރިމަނާކޮށް، އެ ފައުސާ މަސް ދުވަހުގެ ތެރޭގައި ދައްކަން އަމުރުކޮށްފައިވެ އެވެ. އެ ރިސޯޓްގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅީ ވ. އަތޮޅު
ކައުންސިލުންނެވެ.

އަލިމަތާ ރިސޯޓުގެ އިތުރުން އެ އަތޮޅު ދިއްގިރި ރިސޯޓުން ވެސް ކުނިވާ ޒާތުގެ ކުނި މޫދަށް އަޅާ މައްސަލަ އެ ކައުންސިލުން ފާހަގަކޮށްފައިވެ އެވެ.