Last Updated: April 26, 17:40
Friday, April 26, 2024
މުނިފޫހިފިލުވުން

"ގޯޑްފާދާ" ގައި ސަލްމާންގެ ރޯލެއް

ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން ވެސް ހާއްސަ ރޯލަކުން ފެންނާނެ މަޝްހޫރު ތެލެގޫ އެކްޓަރު ޗިރަންޖީވީގެ އާ ފިލްމު "ގޯޑްފާޑާ" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

މި ފިލްމަކީ މޯހަން ރާޖާ ލިޔެ، ޑައިރެޓްކޮށްފައިވާ ޕޮލިޓިކަލް އެކްޝަން ތުރިލާއެކެވެ. ސަލްމާން "ގޯޑްފާދާ" ގެ ރޯލަކަށް އެއްބަސްވީ ޗިރަންޖީވީއާ އޮންނަ ގާތް ގުޅުމެއްގެ ސަބަބުންނެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޗިރަންޖީވީ އަކީ ދާދި ފަހުން ރިލީޒްކުރި "އާރްއާރްއާރް" ފަދަ މަގުބޫލު ފިލްމުތައް ކުޅުނު ތެލެގޫ އެކްޓަރު ރާމް ޗަރަންގެ ބައްޕަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސަލްމާން މިހާރު ކުޅެމުން އަންނަ ފިލްމު "ކަބީ އީދު ކަބީ ދިވާލީ" ގައި ޗިރަންޖީވީ އާއި ޗަރަންގެ ހާއްސަ ފެނިލުންތަކެއް ވެސް ހިމެނޭނެ އެވެ.

މި އަހަރުގެ އޮކްޓޯބަރު 5 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ "ގޯޑްފާދާ" ގެ ކާސްޓްގައި ނަޔަންތަރާ، ސަތިއަ ދޭވް، ގަންގައްވާ އަދި އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ލައިގާ' ގެ ޑައިރެކްޓަރު ޕޫރީ ޖަގަންނަދު ހިމެނެ އެވެ. މި ފިލްމަކީ މަޝްހޫރު އެކްޓަރު މޯހަން ލާލްގެ 2019 ގެ ފިލްމު "ލޫސިފާ" ގެ ރިމޭކެކެވެ.