Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ސިވިލް ކޯޓްގެ ގާޒީ ޒުބެއިރު އިސްތިއުފާ ދެނީ

ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު މަގާމުން އިސްތިއުފާދެއްވަން ނިންމަވައިފި އެވެ.

އޭނާ އިސްތިއުފާ ދޭން ހަމަޖެހިފައި ވަނީ މި މަހުގެ 17 ގަ އެވެ. ގާޒީކަމުން އިސްތިއުފާ ދެއްވަން ނިންމެވި އިރު ޒުބެއިރު ވަނީ ވަނީ ހައި ކޯޓްގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވައިފަ އެއެވެ. ނަމަވެސް އޭނާ ސިވިލް ކޯޓްގެ ގާޒީކަމުން އިސްތިއުފާދެއްވަން ނިންމެވި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

ސިވިލް ކޯޓްގައި ޒުބައިރު މަސައްކަތްކުރައްވަމުން ގެންދަވަނީ ކުރިން ޑްރަގް ކޯޓުގައި ހުންނަވަނިކޮށް 2015 ގައި ބަދަލުކުރި ފަހުންނެވެ.