Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ބީއެމްއެލްގެ ފެހި ޕްރޮޖެކްޓްގެ ސުންގަޑި 20 އަށް

ރާއްޖޭގެ ރަށްތައް ފެހިކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށާފައި އޮތް "ބީއެމްއެލް ފެހި ޕްރޮޖެކްޓް" އަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 އަށް ހަމަވާނެ ކަމަށް އެތަނުން ބުނެފި އެވެ.

ގައުމީ ބޭންކްގެ މި ޕްރޮޖެކްޓަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮންމެ އަހަރަކު 50،000 ގަސް އިންދުމެވެ. "ބީއެމްއެލް ފެހި ޕްރޮޖެކްޓް" ހުޅުވާލީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށެވެ. އެގޮތުން ނާސަރީތަކުން ގަސް ހޯދުމަށް ފަހު، ރަށް އިތުރަށް ފެހިކުރުމަށް ކޮންމެ އަހަރަކު ފަސް ރަށެއް ހޮވައި، ކޮންމެ ރަށަކަށް 10،000 ގަސް ހަދިޔާކުރުމަށް ބޭންކުން ވަނީ ނިންމައިފަ އެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓުން ލިބޭނެ އެވެ.

"ބީއެމްއެލް ފެހި ޕްރޮޖެކްޓް" އަކީ އެ ބޭންކަށް މި އަހަރު 40 އަހަރު ވެސް ފުރޭތީ އެކަމާ ގުޅުވައިގެން ހިންގަން ރޭވި ހަރަކާތްތަކުގެ ތެރެއިން އެއް ޕްރޮޖެކްޓެވެ. އަދި މިއީ މިއީ މި އަހަރުން ފެށިގެން ފަސް އަހަރުގެ މުއްދަތަށް ބީއެމްއެލް އިން ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮޖެކްޓެކެވެ.

"ބީއެމްއެލް ފެހި ޕްރޮޖެކްޓް" ލޯންޗްކުރީ މިދިޔަ މަހުގެ 22 ގަ އެވެ.