Last Updated: August 8, 11:43
Monday, August 8, 2022
ޚަބަރު

ތައިރޮއިޑްގެ ފޭކު ބޭހެއް ވިއްކާތީ ސަމާލުކަމަށް ގެނެސްފި

އިންޑިއާ އެކްމޭ ޖެނެރިކްސް އެލްއެލްޓީ ކުންފުނިން އުފައްދާ ތައިރޯނޯމް 100 އެމްޖީގެ ކައުންޓަރފީޓް ޕްރޮޑަކްޓެއް ފެނިފައިވާތީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެކަން ސަމާލުކަމަށް ގެނެސްފި އެވެ.

މިކަން އެމްއެފްޑީއޭ އަށް އަންގާފައި ވަނީ އިންޑިއާގެ ތެލެންގަނާ ޑްރަގްސް ކޮންޓްރޯލް އެޑްމިނިސްޓްރޭޝަނުންނެވެ.

އެމްއެފްޑީއޭއިން ބުނީ މި ބެޗްތައް ރާއްޖެ އެތެރެ ކުރުމާއި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ. އަދި މި ބޭހާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކޮށް އެ އޮތޯރިޓީގެ ހޮޓްލައިން ނަމްބަރު 72000321 އަށް ގުޅައި ހިއްސާ ކުރުމަށް ވަނީ އެދިފަ އެވެ.

އެމްއެފްޑީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގެ މާކެޓުން ބޭހުގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް ބުނެފަ އެވެ. އަދި ޕޯޓްސް އޮފް އެންޓްރީގައި މި ބާވަތުގެ ބޭސް އެތެރެކުރެވިފައިވާތޯ ބަލަމުންގެންދާނެ ކަަމަށް އެމްއެފްޑީއޭ އިން ބުނެފައި ވެ އެވެ.