Last Updated: May 9, 02:20
Wednesday, May 8, 2024
ޚަބަރު

އައްޑޫ އީދި ސަމާ؛ އަދިވެސް ބައިވެރިވެވޭނެ

އައްޑޫ ހުޅުދޫގައި އީދު ފާހަގަކުރުމަށް ބާއްވާ ކުޅިވަރުތައް ދައްކަދޭ ޕޯސްޓެއް:- އަދި މުބަރާތްތަކުގައި ބައވެރިވުމުގެ ފުރުސަތު އެބަ އޮތް

އައްޑޫގައި މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރެއިން ހުޅުދޫ އަވަށުގައި ބާއްވާ ކުޅިވަރުތަކުގައި ބައިވެރިވުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.

ހުޅުދޫ އަވަށު އޮފީހުން ގެންދަނީ އެވަށުގައި ކުލަގަދަކޮން އީދު ފާހަގަކުރުމަށް ތަފާތު އެކި ކުޅިވަރުތައް ބޭއްވުމަށް ތައްޔާރުވަމުންނެވެ. ވީހާވެސް ގިނަ ރައްޔިތުންނަށް ބައިވެރިވެވޭނެ ގޮތައް އީދު ކުޅިވަރުތައް ބޭއްވުމަށްޓަކައި ކުޅިވަރު ތަކުގައި ބައިވެރިވާން އާއްމުކޮން ވަނީ ހުޅުވާލާފަ އެވެ.

ހުޅުދޫގައި އޮތީ ކޮންކަމެއް؟
އައްޑޫގައި އެކި އަވަށްތަކުގައި ބާއްވަނީ އެކި ކުޅިވަރުތަކެވެ. އެގޮތުން ހުޅުދޫން ބާއްވާ ކުޅިވަރުތަކުގެ ތެރޭގައި އެކި މުބާރާތްތައްވެސް ހިމެނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
– ޑިގު މުބާރާތް
– ބައިސްކަލު ރޭސް
– ޓްރެޝަރ ހަންޓް
– ކެއްކުމުގެ މުބާރާތް

ޑިގް މުބާރާތާއި ބައިސްކަލް ރޭހުގައި ވަކި ވަކިން ބައިވެރިވެވޭނެ އެވެ. އެހެން ކަމުން އެ މުބާރާތްތަކުގައި ބައިވެރިވުމަށް ކޮންމެ މީހަކަށްވެސް ނަން ނޯޓު ކުރެވިދާނެ އެވެ.

ޓެރެޝަރ ހަންޓްގައި ބައިވެރިވުމަށް ފަސް މީހުންގެ ޓީމަކަށެވެ. އޭގެ ތެރޭގައި އަންހެން ދެ ބައިވެރިން ކޮންމެވެސް ހިމެނަން ޖެހޭނެ ކަމަށް ހުޅުދޫ އަވަށު އޮފީހުން ކޮށްފައިވާ އިއުލާންގައިވެއެވެ. ކެއްކުމުގެ މުބާރާތް ފިޔަވާ އެހެން މުބާރާތްތަކުގައި ބައިވެެރިވުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14.00ގެ ނިޔަލަށް އޮންނާނެ އެވެ. ކެއްކުމުގެ މުބާރާތްތަކުގައި ބައިވެރިވެވުމަށް ނަން ނޯޓުކުރުމަށް ހުޅުވާލާފައިވާ ވަގުތު މާދާމާގެ މެންދުރުފަހު 14.00 އަށް ހަމަވާނެ އެވެ. ކެއްކުމުގެ މުބާރާތުގައިވެސް އެއްވަނަ ދެވަނަ އަދި ތިން ވަނަ ހޮވާނެ އެވެ. ކެއްކުމުގެ މުބާރާތުގައި ބައިވެރިވެވޭނީ ތިން މީހުންގެ ޓީމެއް ހަދައިގެނެވެ.

މީގެ އިތުރުން އީދު ދުވަހުގެ ހަވީރު އާއިލީ ހަވީރެއް ހުޅުދޫ ބަނދަރުގައި އޮންނާނެ އެވެ. އާއިލީ ހަވީރުގައި ވެސް ހަދީޔާ ލިބޭ އެކި ކުޅިވަރުތައް ކުޅުމަށް ވަނީ ރާވާފަ އެވެ. މުބާރާތްތަކުގެ އިތުރުން އީދު މިއުޒިކް ޝޯ އާއި ބޮޑު ޖަމާއަތުގެ އީދު ނަމާދު ކުރުމާއި އުލްހިޔާ ކަތިލުމުގެ ކަންކަން ވަނީ ހުޅުދޫގައިވެސް ރާވާފަ އެވެ. އޭގެ އިތުރުން މާލި ޕެރޭޑާއި އެހެނިހެން އިތުރު ކުޅިވަރުތައް ވަނީ ރާވާފަ އެވެ.