Last Updated: April 25, 21:20
Thursday, April 25, 2024
ވިޔަފާރި

ޓްވިޓާ އިން އީލޮން އަށް ދައުވާކޮށްފި

ޓްވިޓާ ގަންނަން ނިންމެވުމަށް ފަހު އެކަން ހުއްޓާލުމުން ޓްވިޓާ އިން މަހުޖަނު އީލޮން މަސްކަށް މިއަދު ދައުވާކޮށްފި އެވެ.

މިކަމާ ބެހޭ ގޮތުން ޓްވިޓާގެ ޗެއާމަން ބްރެޓް ޓޭލާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީލޮން ދައުވާކުރަން އެމެރިކާގެ ޑެލަވެއާ ކޯޓް އޮފް ޗާންސެރީ އަށް ހުށަހެޅީ އޭނާ ޖަވާބުދާރީކުރުމުގެ ގޮތުން ކަމަށެވެ. އެހެންވެ ޓްވިޓާ އިން ބުނެފައިވާ ގޮތުގައި އީލޮންއާ ދެން ބައްދަލުކުރާނީ ކޯޓުންނެވެ. އަދި މިކަމުގައި ކޯޓުން އިންސާފު ވެސް ލިބޭނެ ކަމަށް ބުންޏެވެ.

އެޕްރީލް މަހުގެ 14 ގައި 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަންނަން ހުށަހެޅުމަށް ފަހު، އެކަމާ ދެވަނަ ވިސްނުމަކަށް ވަޑައިގެން އެންމެ ފަހުން ޓްވިޓާ ނުގަންނަން އީލޮން ނިންމެވީ މިދިޔަ ހުކުރު ދުވަހު އެވެ. އެއާ އެކީ އެ މައްސަލާގައި ކޯޓަށް ދާނެކަން ޓްވިޓާ އިން އިއުލާންކުރި އެވެ.

ނަމަވެސް އެކަން މާ ބޮޑު ކަމަކަށް ނަހަދައި އީލޮން ވަނީ ޓްވިޓާ އަށް ޖޯކް ވެސް ޖައްސަވައިފަ އެވެ. އޭނާ ވިދާޅުވީ އެންމެ ފުރަތަމަ ޓްވިޓާ އިން ބުނީ އޭނައަކަށް އެ ނުގަނެވޭނެ ކަމަށެވެ. އެކަމަކު އެކަމަށް ގޮންޖަސައްވައި ޓްވިޓާ ގަންނަން 44 ބިލިއަން ޑޮލަރު ހުށަހެޅުމުން އެކަމާ އެއްބަަސްވުމަށް ފަހު، ބޮޓް އެކައުންޓްތައް ނުވަތަ ފޭކް އެކައުންޓްތަކާ ބެހޭ މައުލޫމާތު ހިއްސާކޮށްދޭން އެދުމުން ޓްވިޓާ އިން އެކަން ނުކޮށްދިން ކަމަށެވެ.

އެހެންވެ އެންމެ ފަހުން މިހާރު މަސައްކަތްކުރަނީ ކޯޓަށް ގޮސްގެން ޓްވިޓާ ގަނުވަން މަޖުބޫރުކުރަން ކަމަށާއި އޭރުން ދެން ވާނެ ގޮތަކީ އޭނަ ސާފުކޮށްދޭން އެދުނު ބޮޓް އެކައުންޓްތަކާ ބެހޭ މައުލޫމާތު ކޯޓްގައި ހާމަކުރަން ޖެހުން ކަމަށް ވިދާޅުވި އެވެ.

ޓްވިޓާ އިން މިއަދު މައްސަލަ ކޯޓަށް ވެއްދުމާ އެކީ ވެސް އީލޮން ތަފާތު ޓްވީޓްތަކެއް ކުރައްވައި ޖޯކް ޖައްސަވާފައިވެ އެވެ.

މި މުއާމަލާތުގައި ހިމެނޭ އެއްވެސް ފަރާތަކުން އެއްބަސްވުން އުވާލާފައި ނަމަ ބިލިއަން ޑޮލަރު އަނެއް ފަރާތަށް ދައްކަންޖެހޭނެ އެވެ.

ޓްވިޓާ ގަންނަން ހުށަހެޅުމުގެ ކުރިްނ އެޕްރީލް މަހުގެ ކުރީކޮޅު އޭނާ ވަނީ 2.89 ބިލިއަން ޑޮލަރަށް ޓްވިޓާގެ 9.2 ހިއްސާ ވެސް ގެނަފަ އެވެ.