Last Updated: August 8, 11:43
Monday, August 8, 2022
ޚަބަރު

ފަޒުނާ ބުރުގާ އެޅުއްވީ ހައްޖު ދަތުރަށް!

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ހައްޖާ ދިމާކޮށް ރަސްމީކޮށް ބުރުގާ އެޅި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް އެކަމަނާ ރަސްމީކޮށް ބުރުގާ ނާޅުއްވާކަން ހާމަވެއްޖެ އެވެ.

ހައްޖު ދަތުރިުނިންނމަވާލައްވައި ދެމަފިރިކަނބަލުން ރޭ ރާއްޖ ވަޑައިގެންނެވި ވާހަކަ ރައީސް އޮފީހުން ހާމަކުރެއްވި އާންމުކުރި ފޮޓޯގައި ފެންނަނީ ފަޒުނާ ބުރުގާ ނާޅުއްވައި ހުންނަވަނިކޮށެވެ. އަދި ތުރުކުރައްވައިގެން ހުންނެވީ ވެސް އެހެންޏާ އާންމުކޮށް ތުރުުއްވާ ކަހަލަ ހެދުންކޮޅެކެވެ.

ސައުދީ އަށް ވަޑައުގަތުމާ އެކު ގަޔަށް ދޫ ހެދުމާ އެކީ ފަސްޓްލޭޑީ ފެނުނީ ބުރުގާ ވެސް އަޅުއްވައިގެން ހުންނަވަނިކޮށެވެ އެހެންވެ އެކަމަނާ ބުރުގާ އެޅުއްވީ ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރީ އެވެ. އެކަމަކު ބުރުގާ އެޅުއްވީ ސައުދީ ދަތުރާއި ހައްޖުގެ އަޅުކަމާ ދިމާކޮށް އެކަނިކަން މި ވަނީ ޔަގީންވެފަ އެވެ.

ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ އަނބިއަނބިކަނބަލުންގެ ތެރެއިން ބުރުގާ އެޅުއްވި ހަމައެކަނި ބޭފުޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކނަބަލުން ފާތުމަތު އިބްރާހީމެވެ.

އަދި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޔާމީންގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަކީ ބުރުގާ އެޅުމާ ގުޅޭ ގޮތުން ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ގަބޫލުކުރައްވާ ހަމައާ މުޅިން ތަފާތު ގޮތެއް ގަބޫލުކުރައްވާ ބޭފުޅެއްކަމެވެ.

މައުމޫން ކުރީގެ "އައްޑުވަސް" މަޖައްލާ އަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވާ ގޮތުގައި ބުރުގާ އެޅުމަކީ އިސްލާމް ދީނުގައި މަޖުބޫރުކަމެއް ނޫނެވެ. އެހެންވެ މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ބުރުގައެއް ނާޅުއްވަ އެވެ.