ދުނިޔޭގެ އެންމެ މަގުބޫލު ސްޓްރީމިން ހިދުމަތްދޭ، ނެޓްފްލިކްސް އާއި މަޝްހޫރު ޓެކް ކުންފުނި، މައިކްރޮސޮފްޓް ގުޅިގެން ހިދުމަތް އަގު ހެޔޮކުރަން ނިންމައިފި އެވެ.
ނެޓްފްލިކްސް އިން ބުނި ގޮތުގައި މައިކްރޮސޮފްޓާ ގުޅިގެން ކުރެވޭނެ މައިގަނޑު މަސައްކަތަކަށް ވާނީ މިހާރު ތައާރަފުކޮށްފައި ހުރި ސަބްކްރިޕްޝަން ޕްލޭންތަކުގެ ތެރެއިން އިސްތިހާރު ނުހުންނަ ޕްލޭންތަކަށް އިޝްތިހާރު އިތުރުކޮށް، ހިދުމަތް އަގު ހެޔޮކުރުމެވެ. މިފަދަ ބަދަލާ ދިމާއަށް ދާން ނެޓްފްލިކްސް އިން ނިންމީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ގިނަ އަދަދެއްގެ ސަބްސްކްރައިބަރުން ގެއްލި، އަހަރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި ބެސް ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވާނެ ލަފާކުރެވުމާ ގުޅިގެންނެވެ.
Netflix names Microsoft as partner for new consumer subscription plan https://t.co/1NM9DsPHhX
— Adhushan (@Adhushan2) July 14, 2022
އެހެންވެ ވިޔަފާރި ދެމަހެއްޓުމަށްޓަކައި ނެޓްފްލިކްސް އިން އަންނަނީ ތަފާތު ރޭވުންތައް ރާވައި، ސްޓްރީމިން ހިދުމަތުގައި ދަމަހައްޓަމިން އަންނަ މަގާނު ނުގެއްލި ހިފަހެއްޓޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ހިދުމަތުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނައުމާއި އިތުރު އާ ހިދުމަތްތައް ވެސް ނެޓްފްލިކްސް އަށް ގެނައުން ހިމެނެ އެވެ.
ނެޓްފްލިކްސް އިން މިއަދު ބުނީ މައިކްރޮސޮފްޓާ ގުޅިގެން ހިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް ގެންނަން ނިންމީ އެ ކުންފުންޏަކީ ގްލޯބަލް އެޑްވަޓައިޒިން ޓެކްނޮލޮޖީގައި އެންމެ ނަގާ ކިޔާ އެއް ކުންފުންޏަށްވާތީ ކަމަށެވެ.
"އެހެންވެ އެޑްވަޓައިޒިންގައި އަހަރެމެން ބޭނުންވާ ހުރިހާ ކަންކަމެއް އެ ކުންފުނިން ފޯރުކޮށްދޭނެ،" ނެޓްފްލިކްސްގެ ޗީފް އޮޕަރޭޓިން އޮފިސަަރު ގްރެގް ޕީޓާސް ވިދާޅުވި އެވެ. "ހަމައެއާ އެކީ އެ ކުންފުނިން ކަސްޓަމަރުންގެ ޕްރައިވެސީ އިތުރަށް ވަރުގަދަކޮށް ދިނުމާއި ހިދުމަތްރަކަށް ގެންނަން ޖެހޭ އާ ހިޔާލުތަކާއި ވިސްނުންތަކާ އެކީ އިތުރު ފުރިހަމަ ކަމެއް ނެޓްފްލިކްސް އަށް ގެންނަން މަސައްކަތްކޮށް ދޭނެ."
ނެޓްފްލިކްސްއާ އެކު ހެދި އެއްބަސްވުމާ ބެހޭ ގޮތުން މައިކްރޮސޮފްޓްގެ ވެބް އެކްސްޕީރިއަންސްގެ ޕްރެޒިޑެންޓް މިކާއީލް ޕަރާކިން ވިދާޅުވީ ގެންނަން އުޅޭ ބަދަލާ އެކީ އެވޯޑް ހޯދާފައިވާ ވަރުގަދަ ކޮންޓެންޓްތަކަށް ވަރަށް ވެސް އެކަށީގެންވާ އަގުތަކެއްގައި ކަސްޓަމަރުންނަށް އެކްސެސްވުމުގެ ފުރުސަތު ވެސް ހުޅުވިގެންދާނެ ކަމަށެވެ.
"އެހެންވީމާ ދެން އިޝްތިހާރުތައް އެކުލެވޭ ނެޓްފްލިކްސްގެ ކޮންޓެންޓްތައް އެކްސްކްލޫސަިވްކޮށް މައިކްރޮސިފްޓްގެ ޕްލެޓްފޯމްތަކުން ވެސް ލިބޭނެ." އޭނާ ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާ ގިތުން ނެޓްފްލިކްސް އިން އަންނަނީ ކޮންޓެންޓްތައް ވަރުގަދަކޮށް، ހިދުމަތުގެ ފެންވަރުގެ އިތުރަށް ރަނގަޅުކުރަން މިހާރު ވޯނާ ބްރޮސް އާއި ޔުނިވާސަލް ޕިކްޗާސް އަދި ސޮނީ ޕިކްޗާސް ޓެލެވިޝަން ފަދަ ބޮޑެތި އެންޓައިންމަންޓް ކުންފުނިތަކާ އެކީ ވެސް މަޝްވަރާތައް ކުރަމުންނެވެ.