Last Updated: March 29, 18:55
Friday, March 29, 2024
ވިޔަފާރި

"ނަތިން" ގެ ފޯނު ވިއްކަން ތައްޔާރު

ތަފާތު ފީވޗާތަކަކާ އެކު މިދިޔަ އަހަރު އިއަބަޑެއް ނެރުނު، އާ ޓެކް ކުންފުނި "ނަތިން" އިން ނެރެން އުޅޭ ސްމާޓް ފޯނު ދައްކާލައި، ވިއްކަން ތައްޔާރުވެއްޖެ އެވެ.

މި ފޯނަށް ދީފައިވާ ނަމަކީ ނަތިން ފޯން (1) އެވެ. ބޭނުންކުރަން ހުރިހާ ގޮތަކުން ވެސް ފަސޭހަ އަދި ސްމާޓްފޯނު ގެންގުޅޭ މީހުން ގަޔާވާނެ ވަރަށް ގިނަ މުހިއްމު އެހާމެ ހިތްގައިމު ފީޗާތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ފޯނު އާންމުކޮށް ވިއްކަން ފަށާނީ މި މަހުގެ 21 އިން ފެށިގެންނެވެ. އަދި "ނަތިން" ގެ ވެބްސައިޓުން މިހާރު ވެސް އޯޑަރުކުރެވޭނެ އެވެ. މީގެ އަގުތައް ފެށެނީ 480 ޑޮލަރުންނެވެ.

"ނަތިން" އިން ބުނި ގޮތުގައި ފޯން (1) ވާނީ މި އަހަރު ލޯންޗްކުރާ އެންމެ ސަޅި ފޯނަށެވެ. ކަޅާއި ހުދުން ލިބެން ހުންނާނެ މި ފޯނުގެ މުހިއްމު ބައެއް ފީޗާތަކަށް ބަލާ އިރު މީގެ އޯލެޑް ޑިސްޕްލޭގައި ހުންނާނީ 6.55 އިންޗި އެވެ. މިއީ "ނަތިން" ގެ އަމިއްލަ އޯއެސްގެ އިތުރުން އެންޑްރޮއިޑް 12 ސަޕޯޓްކުރާނެ ޑިވައިސްއެކެވެ.

"ނަތިން" އަކީ ޗައިނާގެ ވަން ޕްލަސް ވުޖޫދަށް ގެނައުމުގައި ހިއްސާވި އެކަކު ކަމަށްވާ ކާލް ޕީ އެވެ. އޭނާ އެ ކުންފުނިން ވަކިވެ "ނަތިން" އުފެއްދީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.