Last Updated: April 16, 17:11
Tuesday, April 16, 2024
ވިޔަފާރި

ނެޓްލިކްސް އަށް އޮތީ "ހުސް" ވެއްޓުން

ސްޓްރީމިން ހިދުމަތުގައި ރަސްކަން ކުރަމުން އައި ނެޓްފްލިކްސް އަށް މިލިއަނެއްހާ ސަބްސްކްރައިބަރުން މި އަހަރުގެ މިހާތަނަށް ގެއްލިއްޖެ އެވެ.

އެގޮތުން މިދިޔަ އެޕްރީލް މަހުން ފެށިގެން މި މަހުގެ މިހާތަނަށް ނެޓްފްލިކްސް ބޭނުންކުރާ މީހުންގެ އަދަދުންމިލިއަނެއްހާ މީހުން މަދުވި އިރު، މިއީ 25 އަހަރުވީ ތާރީހުގައި ވެސް ނެޓްފްލިކްސް އަށް ކުރިމަތިލާންން ޖެހުނު އެންމެ ބޮޑު ގޮންޖެހުމެވެ. ބޮޑުތަނުން ސަބްސްކްރައިބަރުންގެ އަދަދު ދުވަހަށް ދަށްވަމުންދާ އިރު، ކުރިއަށް އޮތީ ވެސް އުނދަގޫ ދުވަސްތަކެކެވެ. އަދި އެންމެ ގިނަ ސަބްސްކްރައިބަރުން ގެއްލިފައި ވަނީ ނެޓްފްލިކްސްގެ އެން ބޮޑެތި މާކެޓްތައް ކަމަށްވާ އެމެރިކާ އާއި ކެނެޑާގެ އިތުރުން ޔޫރަޕުންނެވެ.

ނެޓްފްލިކްސް އިން ބުނެފައިވާ ގޮތުގައި މި ވަގުތު އެއަށް އޮތް ހަމައެކަނި އުންމީދީ ހަމަޖެހުމަކީ މެއި މަހުގެ ތެރޭގައި ޕްރީމިއާކުރި "ސްޓްރޭންޖަ ތިންގްސް" ގެ ހަތަރު ވަނަ ސީޒަނެވެ. މި ސީޒަން ވެފައި ވަނީ ނެޓްފްލިކްސް އަށް މިހާތަނަށް ގެނެއި ކޮންޓެންޓްގެ ތެރެއިން ދެވަނަ އަށް އެންމެ މަގުބޫލު އެއްޗަށެވެ.

އެއް ވަނައިގައި އޮތީ މިހާތަނަށް ނެޓްފްލިކްސް އިންއެންމެ ގިނަ ބަޔަކު މިދިޔަ އަހަރު ބެލި ދެކުނު ކޮރެއާގެ ސީރީޒް "ސްކުއިޑް ގޭމް" އެވެ. މީގެ އާ ސީޒަނެއް ވެސް ގެނެސްދޭން އޮތީ އިއުލާންކޮށްފަ އެވެ. އަދި "ސްޓްރޭންޖާ ތިންގްސް" ގެ ފަސް ވަނަ ސީޒަން އަދި ފަހު ސީޒަން އަންނަ އަހަރު ނޫނީ 2024 ގައި ގެނެސްދޭނެ އެވެ.

ނެޓްފްލިކްސް އަށް ގިނަ އަދަދެއްގެ ސަބްސްކްރައިބަރުން ގެއްލެމުންދާތީ އެކަމާ ގުޅިގެން ހަރަދުތައް ކުޑަކުރުމުގެ ގޮތުން މިހާތަނަށް ބައެއް ފިޔަވަޅުތައް ވެސް އަޅާފައިވެ އެވެ. އޭގެ ތެރޭގައި ހަދަން ޕްލޭންކޮށްފައި ހުރި ބައެއް ކޮންޓެންޓްތައް މަޑުޖައްސައިލުމާއި މުވައްޒަފުން މަދުކުރުމާއި ޕެކޭޖްތަކުގެ އަގުތަކަށް ވެސް ބަދަކުތަކެއް ގެންނަން ފެށުމާއި އިތުރު ފީޗާތަކާ އެކީ އާންމުންގެ ޝައުގުވެރިކަން އަތުލަން މަސައްކަތްކުރުން ހިމެނެ އެވެ.

މިދިޔަ ހަފުތާގައި ނެޓްފްލިކްސް ވަނީ އިޝްތިހާރުތައް އެކުލެވޭ އާ ޕްލޭނަކަށް މައިކްރޮސޮފްޓާ އެކީ ވެސް އެއްބަސްވުމެއް ހަދައިފަ އެވެ.

ސްޓްރީމިންގެ ވިޔަފާރި ދރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ނެޓްފްލިކްސް އަށް މިހާރު އޮތް އެންމެ ބޮޑު ބިރަކީ ސްޓްރީމިން ހިދުމަތް މިހާރު ވަރަށް ބޮޑަށް ފުޅާވެ، ވާދަވެރިކަން ވެސް ބޮޑުވަމުން ދިއުމެވެ. ވާދަވެރި އެހެން ކުންފުނިތަކުން ޝައުގުވެރި އެތައް ކޮންޓެންޓްތަކަކާއި އަގުހެޔޮ ޕެކޭޖްތައް ވެސް ގެނެސްދިނުން ހިމެނެ އެވެ.

މި ފަހުން ވުޖޫދަށް އައި އާ ސްޓްރީމިން ކުންފުނިތަކުގެ ތެރޭގައި ޑިޒްނީ ޕްލަސް އާއި އެޕަލް ޓީވީ ޕްލަސް އާއި އެޗްބީއޯ މެކްސް ފަދަ އެއްޗެހީގެ މަގުބޫލުކަން އަންނަނީ ބޮޑުވަމުންނެވެ. އެހެންވެ ސްޓްރީމިންގެ ހިދުމަތްދޭ ކުންފުނިތަކުގައި ކޮންޓެންޓްތައް ވަރުގަދަކުރުމުގެ ވާދަވެރިކަން ވަރަށް ބޮޑެވެ.

އެހެންވެ ނެޓްފްލިކްސް ދަމަހައްޓަމުން އައި މަގާމު ދެމެހެއްޓުމަކަށްޓަކައި ދެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ އެވެ. އެހެންވެ ކުންފުނގެ ކުރިމަތީގައި ހުރި މަސައްކަތްތައް ވަރަށް ގިނަ އެވެ.