Last Updated: April 23, 21:11
Tuesday, April 23, 2024
ވިޔަފާރި

މެޓަ އިން މެޓަ އަށް ދައުވާކުރަނީ

ފޭސްބުކް ހިންގާ ކުންފުނި މިދިޔަ އަހަރު މެޓަ އަށް ރިބްރޭންޑްކުރުމާ ގުޅިގެން އެ ނަން ކުރިން ދީފައި އޮތް އެހެން ކުންފުންޏަކުން މެޓަ އަށް ދައުވާކުރަން ނިންމައިފި އެވެެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 28 ގައި ފޭސްބުކް ހިންގާ ކުންފުނީގެ ނަން މެޓަށް ބަދަލުކުރުމާ އެކީ "މެޓަ ޕީސީ" ކިޔާ ކުންފުންޏަކުން އެކަމާ ކަންބޮޑުވުން ވެސް ފާޅުކުރި އެވެ. އޭރު އެ ކުންފުނިން ބުނީ އެ މީހުންގެ ކުންފުނީގެ ނަން ފޭސްބުކަށް ބޭނުން ކުރެވިގެން ނުވާނެ ކަމަށާއި ނަމުގެ ރައިޓްސް ހޯދަން ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރަށް ތިބި ކަމަށެވެ.

ކުރިން ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި "މެޓަ ޕީސީ" އިން ނަން ދޫކޮށްލަން އެއްބާސްވާނީ ފޭސްބުކް ކުންފުނިން އެ މީހުންނަށް މަދުވެގެން 20 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން އެއްބަސްވާ ނަމަ އެވެ.

ނަމުގެ މައްސަލައާ ގުޅިގެން "މެޓަ ޕީސީ" އިއްޔެ އާންމުކުރި ބަޔާނެއްގައި އެ މައްސަލާގައި ވާހަކަ ދައްކައިގެން ހައްލެއް ހޯދަން ފާއިތުވިި އަށް މަހުގެ ތެރޭގައި ކުރެވުނު މަސައްކަތުން އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ. އެހެންވެ އެ މީހުން ދަލާއި ލެ އާއި ކަރުނަ ވެސް އޮހޮރައިގެން ފާއިތުވި 12 އަހަރުގެ ތެރޭގައި ކޮޅަށް ޖެހި ކުޑަ ކުންފުނީގެ ނަން ފޭސްބުކް ހިންގާ ބޮޑު ކުންފުނިން ނިގުޅައިގަތުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެހެންވެ މިހާރު އެ މައްސަލާގައި ކޯޓަށް ދާން ނިންމާފައިވާ ކަމަށް "މެޓަ ޕީސީ" އިން ބުންޏެވެ. އަދި ކޯޓުން އިންސާފު ވެސް ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.

މިކަމާ ގުޅިގެން ބިލިއަނަރު މާކް ޒަބާކްގެ މެޓަ އިން މިހާތަނަށް އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. ފޭސްބުކް ހިންގާ ކުންފުނީގެ ނަން މެޓަ އަށް ބަދަލުކުރީ އެތަނުގެ ހިދުމަތްތައް ވާޗުއަލް ނުވަތަ ހިޔާލީ ދުނިޔެއާ ގުޅުވައިގެން ލިބޭނެ ގޮތްތައް ހެދުމަށް ފަހިކުރަން އަމާޒު ހިފާފައި އޮތް "މެޓަވާސް" އާ ގުޅުވައިގެންނެވެ.

"މެޓަ ޕީސީ" އަކީ ކޮމްޕިއުޓަރާއި ލެޕްޓޮޕާއި ޓެބްލެޓާއި އެފަދަ އެއްޗިއްސާ ގުޅުން ހުރި ސޮފްޓްވެއާތައް ވިއްކާ ކުންފުންޏެކެވެ. އެ