Last Updated: April 25, 08:46
Thursday, April 25, 2024
ޚަބަރު

ހުޅުމީދޫ ބަނދަރުގެ މަސައްކަތް ހުއްޓާލަން އަންގައިފި

ހުޅުދޫ ބަނދަރު މަތިން ފެންނަ ގޮތް. ފޮޓޯ/ އިބްރާހީމް ޒުހުރީ

ހުޅުދު އާއި ހުޅުމީދޫ ބަނދަރުގެ ބިން ހިއްކުމާއި ފަޅު ކޮނުމުގެ މަޝްރޫއު އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހުއްޓުވައިފި އެވެ.

އީޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމާއި ފަޅު ކޮނުމުގެ މަސައްކަތް ހުއްޓުވާފައި ވަނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ގަބޫލުކުރިކަމުގެ ލިޔުމާ ޚިލާފަށް މަސައްކަތް ކުރަމުންދާތީ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން އެ މަސައްކަތްކުރަން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ.

ހުޅުދޫ ބަނދަރުގެ 88 ޕަސެންޓް މަސައްކަތް ނިމިފައިވާ އިރު، ހުޅުމީދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެ ބަނދަރު ހެދުމުގެ މަސައްކަތް ފެށީ 28 ޖުލައި 28، 2020 ގަ އެވެ. އަދި އެ މަޝްރޫއު އަށް 65 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ.