Last Updated: August 8, 11:43
Monday, August 8, 2022
ޚަބަރު

އިންޑިއާގެ ކެންސަރުގެ ޑޮކްޓަރެއް އައްޑު އަށް

އިންޑިއާގެ މަޝްހޫރު މިއޮޓް އިންޓަނޭޝަނަލް ހޮސްޕިޓަލްގެ ކެންސަރާ ގުޅޭ ތަޖުރިބާކާރު ޑޮކްޓަރަކު އައްޑޫގައި ބަލި މީހުންނަށް ފަރުވާދެއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ މިއޮޓްގެ މެޑިކަލް އޮންކޮލޮޖިސްޓް ޑރ. ސުމަން ކަލިއަން އައްޑޫގައި ބަލިމީހުން ބައްލަވަން ހަމަޖެހިފައި ވަނީ މާދަމާ އާއި ހޮނިހިރު ދުވަހު ކަމަށެވެ. އެއިން ކޮންމެ ދުވަހަކު 20 މީހަކު ބައްލަވަން ހަމަޖެހިފައިވާ އިރު، އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އޮތީ ހުޅުވާލައިފަ އެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު އޭއީއެޗްގެ ހޮޓްލައިން 1632 އިން ވެސް ލިބޭނެ އެވެ.

ޑރ. ސުމަން ފަރުވާދެއްވަން ހަމަޖެހިފައި ވަނީ ކެންސަރަށް ޑައިގްނޯސްކުރެވި ކީމޯތެރަޕީ އާއި ރޭޑިއޮތެރަޕީ ނަގާ ބަލި މީހުންނާއި ކެންސަރަށް ފަރުވާކޮށް ނިމި، ޑޮކްޓަރަށް ދައްކަން ޖެހޭ ބަލި މީހުންނަށެވެ.

އޭއީއެޗުން ބުނި ގޮތުގައި އެ ހޮސްޕިޓަލަށް އެކި ދާއިރާތަކުން ހާއްސަ ވިޒިޓިން ޑޮކްޓަރުން ގެނެސްގެން ހިދުމަތް ދިނުމުގެ މައިގަނޑު ބޭނުމަކީ ހުނަރުވެރި ގާބިލު ޑޮކްޓަރުންގެ ފަރާތުން ސިއްހީ ހިދުމަތްތައް ލިބިގަތުމަށް ހުރި ހުރަސްތައް ނައްތައިލުމެވެ.