Last Updated: April 25, 17:15
Thursday, April 25, 2024
ޚަބަރު

މެރިން ސައިންސް ސިމްޕޯސިއަމް އަންނަ މަހު

ރާއްޖޭގެ ކަނޑުފަޅުތަކާއި އެތަންތަނުގެ ދިރުންތަކާ ގުޅޭ ގޮތުން ބާއްވާ ހަތަރު ވަނަ މެރިން ސައިންސް ސިމްޕޯސިއަމް އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓުއުޓުން ބާއްވާ ސިމްޕޯސިއަމް އޮންނާނީ އަންނަ މަހުގެ 13 އާއި 14 ގައި ގައުމީ ޔުނިވަަސިޓީގަ އޮޑިޓޯރިއަމްގަ އެވެ. އެ ދެ ދުވަހު ސިމްޕޯސިއަމް ކުރިއަށް ދާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

މި ސިމްޕޯސިއަމްގައި އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ ރަޖިސްޓްރޭޝަނަށް ވެސް ހުޅުވާލައިފަ އެވެ. އެކަމަށް އިވެންޓް އޮންނަ ތަނަށް ދާން މީހުން ރަޖިސްޓްރީކުރާކަށް ނުޖެހޭނެ އެވެ.