Last Updated: July 2, 23:14
Thursday, July 3, 2025
ޚަބަރު

ހިތަދޫ ފްލެޓްތަކަށް ވާރޭ ފެން ލިބޭނެ ގޮތް ހަދައިފި

އައްޑޫ ހިތަދީ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ވާރޭ ފެން ލިބޭނެ ގޮތް ކައުންސިލުން ހަމަޖައްސައިފި އެވެ.

ކައުންސިލުން ބުނި ގޮތުގައި ފްލެޓްތަކުގައި އުޅޭ މީހުންނަށް ފަސޭހަ އިން ވާރޭ ފެން ލިބޭނެ ގޮތް ހަމަޖެއްސުމުގެ ގޮތުން ފްލެޓް ސަރަހައްދުގައި އިމާރާތްކޮށްފައިވާ ވަގުތީ މިސްކިތުގެ ކައިރީގައި މިހާރު ވާނީ ތާނގީތަކެއް ބަހައްޓައި، އެ އެއްޗެހިން ފެން ލިބޭނެ ގޮތް ހަމަޖައްސައިފަ އެވެ.

މި މަސައްކަތްކޮށްފައި ވަނީ ހިތަދޫ ނޫރުލް އިސްލާމް ޖަމިއްޔާ އާއި ޖަމިއްޔަތުލް އުލަމާ އަދި ބީޓެކް ކުންފުނީގެ ހުސައިން މުހައްމަދު ގުޅިގެންނެވެ. ނޫރުލް އިސްލާމާއި އުލަމާ އަކީ ފްލެޓް ސަރަހައްދުގައި ހެދި ވަގުތީ މިސްކިތް، "މަސްޖިލުލް އަލް މަންނާނު" ވެސް ބިނާކުރުމުގައި އިސްނެގި ޖަމިއްޔާތަކެވެ.

ހިތަދޫގައި 264 ފްލެޓް ހަދާފައިވާ އިރު އެތަންތަނުގައި ގިނަ ބަޔަކު މިހާރު އަންނަނީ ދިރިއުޅެމުންނެވެ.