Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

މިނިވަން ކަމަށް ދިވެހިން ގުރުބާންވާނެ: ނަޝީދު

ދިވެހިންނަކީ އަބަދު ވެސް މިނިވަން ކަމަށް ލޯބިކުރާ ކަމެއް ކަމަށާއި އެކަން ދަމަހައްޓަން ގުރުބާން ވެސް ވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރަސްމީ ދަތުރެއްގައި މިހާރު ސީޝެލްސްގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރާއްޖޭގައި މިއަދު ފާހަގަކުރާ 57 ވަނަ މިނިވަން ދުވަހާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިވަންކަން ހޯދުމަށާއި ދެމަހެއްޓުމަށް ދިވެހިންނަކީ އަބަދު ވެސް ގުރުބާންވާނެ ބައެއް ކަމަށެވެ.

"މިގޮތް އަޅުގަނޑުމެން ދިވެހިން ދުލެއް ނުކުރާނެ." ނަޝީދު ވިދާޅުވި އެވެ.

ޓްވީޓްގައި ނަޝީދު ވަނީ މިނިވަން ދުވަހުގެ ހެޔޮއެދުންތައް ވެސް ފޮނުއްވައިފަ އެވެ.