Last Updated: July 10, 10:26
Thursday, July 10, 2025
ޚަބަރު

ލިވާތަކީ ޒާތީ ކަމެއް ނޫން

އެއްޖިންސުން ގުޅުން ހިންގުމަކީ ޒާތީ ކަމެއް ނޫން ކަމަށް ޑރ. އިޔާޒް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލަތައް އިތުރުވެ އެފަދަ ފާހިޝް އަމަލުތައް ހިންގާ މީހުންނާ މެދު އެއްވެސް ފިޔަވަޅެއް ނާޅާތީ ކަންބޮޑުވުން ފާޅުކުރައްވައި އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގުމަކީ ހަޑިމުޑުދާރު ފާޙިޝް ޢަމަލެއް ކަމަށެވެ.

"އެފަދަ ޢަމަލުތައް ހިންގާ މުޖުރިމުން މުޖުތަމަޢުން އެކަހެރިކޮށް ހައްގު އަދަބު ދޭން ޖެހޭ." އިޔާޒް ވިދާޅުވި އެވެ.

ރާއްޖޭގައި މި ފަހުން ފެންމަތިވި އެއްޖިންސުން ގުޅުން ހިންގުމުގެ އެންމެ ބޮޑު އެއް މައްސަލަ އަކީ ބަންގްލަދޭޝްގެ ޒުވާން ފިރިހެނަކާ އެކީ ގިނަ ބަޔަކު ގުޅުން ހިންގި މައްސަލަ އެވެ. އެ މައްސަލާގައި އޭނަ ހައްޔަރުކޮށްފައިވާ އިރު، އެމްޑީ އަލަމްގީރް، 25، ކިޔާ މީހާއާ އެކީ 250 ވަރަކަށް މީހުން ގުޅުން ހިންގާފައިވާ ކަމަށްވެ އެވެ.

މީގެ ތެރޭގައި ސިޔާސީ ގޮތުން ނުފޫޒު ގަދަ މީހުންނާއި އެ މީސްމީހުންނާ ގުޅުން އޮންނަ މީހުންނާއި ވިޔަފާވެރިންނާއި ސިފައިންނާއި ފުލުހުން ވެސް ހިމެނޭ ކަމަށް ވާހަކަތައް ދެކެވެ އެވެ.