މިއަހަރު ރާއްޖެއިން ހައްޖަށްދިޔަ ހައްޖުވެރިންގެ އެންމެ ފަހު ގްރޫޕް ރާއްޖެ އަތުވެއްޖެއެވެ.
ހައްޖުވެރިންގެ އެންމެ ފަހު ގްރޫޕް ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނު 10:10 ގައި ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.
ރާއްޖެއިން މިއަހަރު ޖުމްލަ 453 ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާއިރު، މިއަދު ރާއްޖެ އައިސްފައިވަނީ 117 ހައްޖުވެރިންނެވެ.
މިއަހަރު ހުރިހާ ހައްޖުވެރިންވެސް ހައްޖަށް ދިޔައީ ސަރުކާރުގެ ހައްޖާއި އުމުރާ ކުންފުނި، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ. މި އަހަރު ހައްޖަށް ދިޔަ މީހުން ސައުދީ އަށް ފުރީ ތިން ގްރޫޕަކަށެވެ. އަދި އެނބުރި އައިސްފައިވަނީވެސް އެ ތިން ގްރޫޕުގައެވެ.
މި އަހަރު ރާއްޖޭގެ އަމީރުލް ހައްޖަކީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހުމަދު ވެސް މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވި އެވެ.