މިނިވަން ދުވަހާ ގުޅުވައިގެން އައްޑޫގައި ބާއްވާ "ދިވެހި ފަންނާނުންގެ މިއުޒިކީ އީދު" ޝޯ ސްޕޮންސަކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
މި އިވެންޓްގެ ފުރަތަމަ ޝޯ ރޭ ހިތަދޫގައި ބާއްވާފައިވާ އިރު، ދެވަނަ ޝޯ މިރޭ އޮންނާނެ އެވެ. ޝޯ ބައްލަވާލެއްވުމަށް އާޓްސް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ހުންނެވީ އައްޑޫގަ އެވެ.
We are delighted to be a sponsor of Dhivehi Fannanunge Muzikee Eid by @NCA_MDV.
Tune in for live Independence Day celebration with music from Addu City: https://t.co/lNTSNUeIGf
— STO (@stoplc) July 27, 2022
އެސްޓީއޯގެ އިތުރުން "ދިވެހި ފަންނާނުންގެ މިއުޒިކީ އީދު" ގައި ޕާޓްނަރުންގެ ގޮތުގައި ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި އެމްޓީސީސީ އާއި އުރީދޫ ވެސް ހިމެނެ އެވެ. އައްޑޫ ސިޓީ ކައުންސިލްގެ ވެސް ވަރަށް ބޮޑު އެހީތެރިކަމާ އެކު ބާއްވާ މި އިވެންޓަކީ އާޓްސް މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމުކުރާ އިވެންޓެކެވެ.
"ދިވެހި ފަންނާނުންގެ މިއުޒިކީ އީދު" ގައި އިކްއޭޓިކް ވައިބް، ޓްރެފިކް ޖޭމް، ޕޮލަރައިޒް، ވައިޓް ޓާން، ރެވިއޯ އަދި ސްޓާސް ޕްރޯ ފަދަ ބޭންޑްތައް ބައިވެރިވެ އެވެ. މީގެ އިތުރުން ނެށުންތެރިންތަކެއްގެ ނެށުންތަކެއް ވެސް ހުށަހަޅާ ދީފައިވެ އެވެ. އޭގެ ތެރޭގައި ފިލްމީ ތަރިން ކަމަށްވާ ފާތުމަތު ފަރީލާ (ފަރީ) އާއި އައިމިނަތު ރަޝްފާ (އާޝާ) ހިމެނެ އެވެ.