Last Updated: July 2, 23:14
Thursday, July 3, 2025
ޚަބަރު

މި އަހަރުގެ ޖީއެމް ފޯރަމް ސެޕްޓެމްބަރުގައި

ރިސޯޓްތަކުގެ ޖެމެރަލް މެނޭޖަރުންގެ ފެންވަރުގައި ބާއްވާ މި އަހަރުގެ ޖީއެމް ފޯރަމް އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމައިފި އެވެ.

ކުރުނބާ މޯލްޑިވްސްގައި އެ އިވެންޓް ބާއްވާނީ ސެޕްޓެމްބަރު މަހުގެ 15 ގަ އެވެ. ޖީއެމް ފޯރަމް ލުލުއާ މުހައްމަދު މޮޑެރޭޓްކުރާ ގޮތަށް ހަމަޖެހިފައިވާ އިރު، ޕެނެލިސްޓުންގެ ގޮތުގައި މި ފަހަރު ހިމެނެނީ ޖޯލި ބީންގެ ޖެނެރަލް މެނޭޖަރު އޮޒްގާ ސެންޖީޒާއި އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ވައިސް ޕްރެޒިޑެންޓް ހެއިޑީ ގްރިމްވުޑެވެ.

މި އަހަރުގެ ޖީއެމް ފޯރަމްގައި އެންމެ ބޮޑަށް މަޝްވަރާކުރަން ހަމަޖެހިފައި ވަނީ ކޮވިޑް-19 ފެ ފަހުން ޓޫރިޒަމް ދާއިރާ އަށް އައި ބަދަލުތަކާއި އޭގެ ފަހުން އެ ދާއިރާ އަށް ކުރިއެރުންތަކާއި ކުރިމަތިވި ގޮންޖެހުންތަކުގެ އިތުރުން ސިއްހަތަށް ސަމާލުކަންދޭންވީ ކަންކަމާ ގުޅޭ ގޮތުންނެވެ.

ޖީއެމް ފޯރަމަަކީ 2016 އިން ފެށިގެން ބާއްވަމުން އަންނަ ޓޫރިޒަމް ދާއިރާގެ ވަރަށް މުހިއްމު އިވެންޓެކެވެ. އަދި މި އަހަރުގެ އިވެންޓަކީ ޖީއެމް ފޯރަމްގެ ހަ ވަނަ އެޑިޝަނެވެ.

ޓޫރިޒަމް ދާއިރާގެ ވަރަށް ސްޓޭކްހޯލްޑަރުން ބައިވެރިވާ މި އަހަރުގެ ޖީއެމް ފޯރަމަށް ތައްޔާރީތައް ވަމުން އަންނަ އިރު، މި އަހަރު އިވެންޓް ކުރިއަށް ދާނީ ރާއްޖޭގެ ޓޫރިޒަމް 50 އަހަރު ފުރިފައިވާތީ އެކަމާ ވެސް ގުޅުވައިގެންނެވެ.

< c="o p--263472" c="p://..co/p-co/po/2022/07/23-pb-2021-1-300x92.p" ="" ="822" ="252" />