Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

ފޭސްބުކްގެ އާމްދަނީ އަށް ބޮޑު ވެއްޓުމެއް

ފާއިތުވި 10 އަހަރުގެ ތެރޭގައި ކޮންމެ އަހަރަކު ވެސް ބޮޑު އާމްދަނީއެއް ހޯދަމުން އަންނަ ފޭސްބުކްގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެއްޖެ އެވެ.

މާކް ޒަކަބާގްގެ ފޭސްބުކުން ބުނި ގޮތުގައި ދެވަނަ ކުއާޓަރުގެ އާމްދަނީ އަށް 28.8 ބިލިއަން ޑޮލަރު ލިބުނު އިރު، އެއީ ޕަސަންޓެއްގެ ވެއްޓުމެކެވެ. އަދި މިހާރު ލަފާކޮށްފައިވާ ގޮތުގައި ތިން ވަނަ ކުއާޓަރުގެ އާމްދަނީ ވެސް ކުރިން އަންޒާދާކުރި ވަރަށް ވުރެ ބޮޑުތަނުން ދަށްވާނެ އެވެ. އެހެންވެ މިއީ ކުރިން ފޭސްބުކަށް ދިމާނުވާ ފަދަ ހާލަތެކެވެ.

ފޭސްބުކްގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ އާމްދަނީ ދަށްވި އިރު، އެ ހިންގާ ކުންފުނި، މެޓަގެ މި އަހަރުގެ މިހާތަނަށް ޖުމްލަ އާމްދަނީ އަށް 6.7 ބިލިއަން ލިބުނު އިރު، އެއީ 36 ޕަސެންޓްގެ ދަށްވުމެކެވެ. މީގެ އިތުރުން "މެޓަވާސް" އަށް މަސައްކަތްކުރާ އެތަނުގެ ރިއަލިޓީ ލެބް ޑިވިޝަނަށް ދެވަނަ ކުއާޓަރުގައި ވަނީ 2.8 ބިލިއަން ޑޮލަރު ގެއްލިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކުރިން އަންދާޒާކުރި ވަރަށް ވުރެ ފޭސްބުކްގެ މި އަހަރުގެ ދެވަނަ ކުއާޓަރުގެ އާމްދަނީ ދަށްވީ އެޕަލްގެ އައިފޯނުގެ ޓްރެކިންއާ ގުޅޭ ގޮތުން ފޭސްބުކަށް އަމަލުކުރަން ޖެހުނު ގޮތާއި ދުނިޔޭގެ އިގުތިސާދީ ދުވެލި ވެސް މިހާރު މަޑުޖެހިފައިވާތީ އެވެ. އެޕަލްގެ އެންގުމާ ގުޅިގެން ފޭސްބުކަށް އިޝްތިހާރުތަކުން ލިބޭ އާމްދަނީ ދަށްވި އިރު، އިޝްތިހާރިތަކުން މިދިޔަ އަހަރު އެކަނި ވެސް 10 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބުނެވެ.

މީޑިއާތަކުން ބުނީ ފޭސްބުކްގެ އާމްދަނީ ދަށްވިޔަސް، ފޭސްބުކް ބޭނުންކުރާ މީހުންގެ ނިސްބަތަށް މި އަހަރު ތިން ޕަސެންޓްގެ ކުރިއެރުމެއް އައިސްފައިވާ ކަމަށެވެ. އެ ބޭނުންކުރާ މީހުންގެ އަދަދު 1.97 ބިލިއަނަށް އަރަ އެވެ.

ފޭސްބުކްގެ ދަށުން އިންސްޓަގްރާމާއި މެޖެންސާ އަދި ވަޓްސްއެޕް ފަދަ ޕްލެޓްފޯމްތައް ވެސް ހިންގާތީ އެ އެއްޗިއްސަށް މިހާރު ވެސް 2.28 ބިލިއަން ޑޮލަރު ހޭދަކުރެ އެވެ. އަދި އެއީ މީގެ އަހަރަކަށް ވުރެ ހަތަރު ޕަސެންޓްގެ އިތުރުވުމެކެވެ.