Last Updated: March 29, 18:55
Friday, March 29, 2024
ކުޅިވަރު

މެސީގެ ވާހަކަ ދެއްކުމަކީ ބޭކާރު ކަމެއް: ޒަވީ

އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލައިނަލް މެސީގެ ވާހަކަ މި ވަގުތު ބާސެލޯނާ އިން ދެއްކުމަކީ ބޭކާރު ކަމެއް ކަމަށާއި އެކަމަކު އަދިވެސް އޭނާ އެ ޓީމަށް ކުޅުމަކީ ދެކޭ ހުވަފެނެއް ކަމަށް ކުލަބްގެ މެނޭޖަރު ޒަވީ ހަނަންޑޭޒް ބުނެފި އެވެ.

މިހާރު ދުނިޔޭގެ އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނެ މެސީ އަލުން ބާސާ އަށް އަތުވެދާނެތޯ ނޫސްވެރިންތަކެއް ޒަވީ ގާތު އެހުމުން އޭނާ ބުނީ އެކަމަށް ވަރަށް އެދެވޭ ކަމަށެވެ. ނަމަވެސް މެސީ މި ވަގުތު އެހެން ޓީމެއްގެ ކޮންޓްރެކްޓެއްގައި ހުރުމުން މި ދަނޑިވަޅުގައި އޭނަގެ ވާހަކަ ދެއްކުމަކީ ބޭކާރު ކަމެއް ކަމަށް ބުންޏެވެ. މެސީ މިހާރު ކުޅެމުން އަންނަނީ ޕީއެސްޖީއަށެވެ.

"މެސީ އަލުން ބާސާ އިން ފެންނަން ބޭނުންތޯ އަހާ ކަމަށް ވަންޏާ ބުނަން އޮތީ ހަމަ އާނއެކޭ. އެކަމަކު އެހެން ޓީމެއްގެ ކޮންޓްރެކްޓަރެއްގައި އޭނަ ހުރުމުން ބާސާ އިން ފެނުމަކީ ވަރަށް ދުރު ކަމެއް." ޒަވީ ބުންޏެވެ.

އޭނާ ބުނީ މެސީ އަކީ އެންމެ މޮޅު ފުޓްބޯޅަ ތަރި ކަމަށް ވެސް ގަބޫލުކުރާ ކަމަށެވެ. އެކަމަކު ބާސާ އިން މި ވަގުތު މެސީގެ ވާހަކަ ދެއްކުމަކީ ހަމަ ވަރަށް ބޭކާރު ކަމެއް ކަމަށް ބުންޏެވެ. އެކަމަކު ޒަވީ ބުނި ގޮތުގައި ޓީމްގެ ރައީސް ޖޮއަން ލަޕޯޓާ އަދި ވެސް އުންމީދުކުރައްވާ ގޮތުގައި މެސީ ބާސާ އިން ފެނުމަކީ ހަމަވެދާނެ ކަމެކެވެ.

"އެހެންވީމަ އެކަމަށް އުންމީދެއް ކުރެވިދާނެ." އޭނާ ބުންޏެވެ.

މެސީ، 35، އަށް 2004 އިން ފެށިގެން ބާސާ އަށް ކުޅެ ބޮޑެތި ކާމިޔާބީތަކެއް ވެސް ޓީމަށް ހޯދައި ދީފައިވެ އެވެ. އޭނަ އެ ކުލަބް ދޫކޮށްލީ މިދިޔަ އަހަރު އެވެ. އަދި ޕީއެސްޖީއާ ގުޅުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ.

ބާސާ އަށް 778 މެޗު ކުޅެ،72 ގޯލު ކާމިޔާބުކޮށް ދީފައިވާ މެސީ އަކީ ދުނިޔޭގެ މޮޅު ކުޅުންތެރިއާގެ މަގާމު ހަތް ފަހަރު ހޯދާފައިވާ ކުޅުންތެރިއެކެވެ.