Last Updated: August 8, 11:43
Monday, August 8, 2022
ޚަބަރު

މަންކީޕޮކްސް ކަމަށް ބެެލެވޭ ކޭހެއް ރާއްޖޭން ފެނިއްޖެ!

މަންކީޕޮކްސް ކަމަސް ބެލެވޭ ކޭހެއް ރާއްޖޭން ފެނިފައިވާތި އެކަމާ ގުޅޭ އިތުރު ޓެސްޓްތަކެއް ހަދަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

"ދިޔަރެސް" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ކޭސް ފެނުނީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްިޓަލަށް ދެއްކި މީހެއްގެ ފަރާތުންނެވެ. އަދި އެކަމާ ބެހޭ ގޮތުން އެ ނޫހުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމާ ހަވާލާދީ ބުނެފައި ވަނީ މަންކީޕޮކްސް ކަމަށް ބެލެވޭ ކޭހެއް ފެނިފައިވާތީ އެއީ އެ ބަލިކަން ޔަގީންކުރުމަށްތަކައި ޓެސްޓް ހަދަން ފަށާފައިވާ ކަމަށެވެ. އަދި އެކަން ކަށަވަރުވާނީ ނަތީޖާ ލިބުމުން ކަމަށް ބުނެފައިވެ އެވެ.

މި ހަފުތާގެ ކުރީކޮޅު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި ރާއްޖޭން މަންކީޕޮކްސް ފެނުމުގެ ފުރުސަތު ބޮޑެވެ. އެހެންވެ މަންކީޕޮކްސްގެ އަލާމާތެއް ފެނިއްޖެ ނަމަ ވީހާ ވެސް އަވަހަކަށް ސިއްހީ ހިދުމަތްތެރިއަކަށް ދެއްކުމަށާއި، ބަލި ކަށަވަރު ކުރެވެންދެން އެހެން މީހުންނާ ގައިގޯޅިވުމުން ދުރުވެ އެކަހެރިވުން މުހިއްމު ކަމަށް އެޗްޕީއޭ އިން އިރުޝާދު ދީފައިވެ އެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި މި ބަލި އާންމު ގޮތެއްގައި މިހާތަނަށް ފެތުރިފައި ވަނީ ފިރިހެނުންގެ މެދުގަ އެވެ. އޭގެ ތެރެއިން ވެސް ހާއްސަކޮށް އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ މީހުންގެ މެދުގައި މި ފެތުރުން އާންމުވެފައިވާ އިރު އަންހެނުންނާއި ކުޑަކުދިިންގެ މެދުގައި ވެސް މި ބަލި މަދު މިންވަރަކަށް ފެނިފައިވާ ކަމަށް އެޗްޕީއޭ ބުންޏެވެ.

ދާދި ފަހުން އާންމުކުރި ދިރާސާ ރިޕޯޓެއްގައި ވެސް ބުނެފައި ވަނީ މިހާތަނަށް ފެނުނު މަންކީޕޮކްސްގެ ގިނަ ކޭސްތައް ގުޅެނީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައި ކަމަށެވެ.

ރާއްޖޭން މި ބަލީގެ ކޭހެއް ކަމަށް ބެލެވޭ ކޭހެއް ފެނިގެން އެކަން ކަށަވަރުކުރަން ޓެސްޓް ހަދަން ފެށި އިރު މި ފަހުން ރާއްޖޜގައި ވަނީ އެއްޖިންސުން ގުޅުން ހިންގުން ވަރަށް ބޮޑަށް އާންމުވެފަ އެވެ.