Last Updated: April 26, 23:59
Saturday, April 27, 2024
ދީން

ގެފުޅުގެ އުރަކޮޅު އާކޮށްފި

މިއަދު ފާހަގަކުރާ ހިޖުރީ އާ އަހަރާ ދިމާކޮށް މާތްވެގެންވާ ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފި އެވެ.

މިއީ ހިޖުރީ އާ އަހަރާ ދިމާކޮށް ގެފުޅުގެ އުރަކޮޅު ބަދަލުކުރި ފުރަތަމަ އަހަރެވެ. އަދި މި އަހަރުން ފެށިގެން ކުރަން ސައޫދީ އަރަބިއްޔާގެ ސަރުކާރުން ނިންމާފައި ވަނީ ވެސް މިގޮތަށެވެ. ކުރިން ގެފުޅުގެ އުރަކޮޅު ބަދަލުކުރަނީ ހައްޖު މޫސުމާ ދިމާކޮށެވެ. އެގޮތުން ހައްޖު ނުވަތަ އަރަފާތް ދުވަހު ގެފުޅުގެ އުރަކޮޅު ބަދަލުކުރަމުން އަންނަތާ އެތައް ޒަމާނެއްވެފައިވެ އެވެ.

ހަރަމްފުޅުގެ އިމާމް/ދެ ހަރަމްފުޅުގެ އިންތިޒާމްތަކާ ބެހޭ ކޮމިޓީގެ ރައީސް އަބްދުއްރަހްމާން އާލް ސުދައިސް ވިދާޅުވި ގޮތުގައި މި އަހަރު ގެފުޅުގެ ކިސްވާ ބަދަލުކުރުމުގައި ކުރިން އައި އުސޫލަށް ބަދަލު ގެނައީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ބިން ސައުދުގެ ގަރާރަކުން ކަމަށެވެ.

މުސްލިމުންގެ ވަރަށް ބޮޑު ގަދަރަކާއި އިހުތިރާމެއް ލިބިގެންވާ ގެފުޅުގައި ކަޅާއި ރަން އެކުލެވޭ ގޮތަށް ތައްޔާރުކޮށް އަޅުވާ އުރަކޮޅުގެ ބަރުދަނުގައި ގާތްގަނޑަކަށް 850 ކިލޯގެ ބޭނުންކުރެ އެވެ. އަދި އެ ހަދަން މ 52 މިލިއަން ރިޔާޟް (6.5 މިލިއަން ޑޮލަރު) ހޭދަވެ އެވެ. އުރަކޮޅު ހަދަން ގާތްގަނޑަކަށް 670 ކިލޯގެ ރޯ ފަށުވި އާއި ކަޅުކުލައިގެ ދެލި ބޭނުންކުރެ އެވެ.