Last Updated: April 23, 23:56
Tuesday, April 23, 2024
ދުނިޔެ

ހިޓްލަރުގެ ގަޑިއަކަށް 1.1 މިލިއަން ޑޮލަރު

އަނިޔާވެރި ލީޑަރެއްގެ ގޮތުގައި މުޅި ދުނިޔެ އަށް ވެސް މަޝްހޫރު ޖަރުމަންގެ ކުރީގެ ނާޒީ ލީޑަރު އެޑޯލްފް ހިޓްލަރު ބޭނުންކުރި ގަޑިއެއް 1.1 މިލިއަން ޑޮލަރަށް ނީލަމެއްގައި ވިކިއްޖެ އެެވެ.

އެމެރިކާގެ މޭރީލޭންޑްގެ އޮކްޝަން ހައުސްއެއް ކަމަށްވާ އެލެގްޒެންޑާ ހިސްޓޮރިކަލް އޮކްޝަންސް އިން އިންތިޒާމުކުރި ގަޑި ނީލަމުގައި ގަތް މީހާގެ ނަމެއް ހާމައެއްނުކުރެ އެވެ.

މި ނީލަން ބާއްވާފައި ވަނީ ހިޓްލަރުގެ ގަޑިއެއް ނީލަމުގައި ވިއްކާތީ ޔަހޫދީ ލީޑަރުންތަކެއްގެ ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުވެފައި ވަނިކޮށެވެ. ހިޓްލަރަކީ 1933-1945 އާ ދެމެދު ޖަރުމަނުގައި ހުދުމުހުދާރު ވެރިކަމެއްކޮށް އެތައް ހާސް މިލިއަން ޔަހޫދިންނަކާ ދެކޮޅަށް ގަތުލުއާންމު ހިންގައި މިލިއަނަކަށް ވުރެ ގިނަ މީހުން މަރާފައިވާ މީހެކެވެ.

ނީލަމުގައި ވިއްކި ހިޓްލަރުގެ ގަޑި އަކީ ހޫބާ ބްރޭންޑްގެ އެއްޗެކެވެ. އަދި އޭގެ ނުފުށުގައި ހިޓްލަރުގެ ނަން ފެށޭ ދެ އަކުރާއި އޭނަގެ ނާޒީ ރަމްޒުކޮށްދޭ ނިޝާން، ސްވާސްޓިކާ ވެސް ހިމަނާފައިވެ އެވެ. ނީލަމުގައި ގަޑި ވިއްކާލި އިރު، އޭގެ ތައާރަފުގައި ބުނެފައި ވަނީ އެއީ 1933 ގައި އުފަން ދުވަހުގެ ހަދިޔާއަކަށް ހިޓްލަރަށް ލިބުނު އެއްޗެއް ކަމަށެވެ. އަދި އެއީ އޭނާ ޖަރުމަންގެ ޗާންސެލަރުގެ މަގާމަށް ވެސް ހިޓްލަރު ހަވާލުވި އަހަރެވެ.

ގަޑި އަށް ނީލަމުގައި 1.1 މިލިއަން އަށް ޑޮލަރު ލިބުނު އިރު، އެއަށް ލިބޭނެ ކަމަށް ކުރިން އެލެގްޒެންޑާ ހިސްޓޮރިކަލް އޮކްޝަންސް އިން އަންދާޒާކުރީ 2-4 މިލިއަން ޑޮލަރެވެ.