އެމެރިކާގެ ރައީސް ޖޯ ބައިގެން މިދިޔަ ހަފުތާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ފަހުން ބަލިން ފަސޭހަވެފައި ވަނިކޮށް އަނެއްކާ ވެސް ބައްޔަށް ޕޮޒިޓިވްވެއްޖެ އެވެ.
މި ވާހަކަ މިއަދު ޓްވިޓާގައި ވީޑިއޯ މެސެޖަކުން ވެސް ހިއްސާކުރައްވާފައިވެ އެވެ. އުމުރުން މިހާރު 79 އަހަރުގެ ބައިޑެން އަށް ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވިކަން ހާމަކުރީ މި މަހުގެ 21 ގަ އެވެ. އަދި ބަލިން ފަސޭހަވިކަން ނޫސްވެރިންނާ ވައިޓް ހައުސްގެ ރޯޑް ގާޑެންގައި ބައްދަލުކުރައްވައި އިއުލާންކުރެއްވީ މިދިޔަ ބުދަ ދުވަހު އެވެ. އެ ދުވަހު ބައިޑެން ވިދާޅުވީ ބަލިޖެހިވަޑައިގަތީ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް ވެސް އަޅުއްވައިގެން ހުންނަވަނިކޮށް ކަމަށެވެ.
A quick update. pic.twitter.com/FgT1sGlZCY
— President Biden (@POTUS) July 30, 2022
ބައިޑެން މިއަދު ވިދާޅުވީ އަލުން ބައްޔަށް ޕޮޒިޓިވްވެފައިވާތީ މިހާރު ހުންނެވީ އައިސޮލޭޝަންގައި ކަމަށެވެ.
މިކަމާ ބެހޭ ގޮތުން ބައިޑެންގެ ޑޮކްޓަރު ކެވިން އޮ ކޮނާ ވިދާޅުވީ އަލުން ބައްޔަށް ޕޮޒިޓިވްވި ނަމަވެސް ކުރިއެކޭ އެއްގޮތަށް ހާއްސަ ފަރުވާތަކެއް ދެމުން ނުދާ ކަމަށެވެ. އަދި ބައިޑެންގެ ހާލަތާ މެދު ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.