Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

ސްޓެލްކޯގެ ހައުސިން ޕްރޮޖެކްޓަށް ހުއްދައެއް ނުދިން

ސަރުކާރުގެ ކުންފުނި، ސްޓެލްކޯ އިން ވިލިމާލޭގައި ކުރިއަށް ގެންދަން ނިންމައި ދާދި ފަހުން އިއުލާންކުރި ހައުސިން ޕްރޮޖެކްޓަށް ހުއްދަ ނުދޭން ސަރުކާރުން ނިންމައިފި އެވެ.

މިކަމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައި ވަނީ ސަރުކާރުފެ ވިސްނުމަކީ ސޯޝަލް ހައުސިން މަޝްރޫއުތައް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) މެދުވެރިކޮށް ހިންގުން ކަމަށެވެ. އެެހެނވެ އެސްއޯއީތަކުން ހައުސިން ޕްރޮޖެކްޓްތައް ހިންގުމަކީ ސަރުކާރުގެ އުސޫލެއް ނޫން ކަމަށް ވިދާޅުވި އެވެ.

ސްޓެލްކޯ އިން ހައުސިން ޕްރޮޖެކްޓެއް ކުރިއަށް ގެންދަން ނިންމާފައިވާކަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު މިދިޔަ މަހު އިއުލާންކުރައްވައި ވިދާޅުވީ އެކަމުގެ ހުއްދައަކަށް ސަރުކާރުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ. އޭނާ ވިދާޅުވެފައިވާ ގޮތުން މިއީ ގޮތުން 500 ހައުސިން ޔުނިޓް އެޅުމަށް ހިންގަން ރާވާފައިވާ މަޝްރޫއެކެވެ.

މި ޕްރޮޖެކްޓަށް ހުއްދަ ނުދޭން ސަރުކާރުން ނިންމި އިރު، ސްޓެލްކޯ އިން ކުރި މަޝްރޫއަށް ބައެއް ފަރާތްތަކުން ފާޑު ވަރަށް ބޮޑަށް ފާޑު ވެސް ކިޔާފައިވެ އެވެ.