Last Updated: April 26, 23:59
Friday, April 26, 2024
ދުނިޔެ

ބިން ލާދިން އާއިލާގެ އެހީއެއް ޗާލްސް އަށް!

އަލް ގައިދާ ޖަމާއަތުގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިންގެ އާއިލާގެ ބައެއްގެ ފަރާތުން އިނގިރޭސިވިލާތުގެ ޕްރިންސް ޗާލްސް އަށް ގިނަ އަދަދެއްގެ ފައިސާގެ އެހީ ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސަންޑޭ ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޗާލްސްގެ ޗެރިޓީ، ޕްރިންސް އޮފް ވޭލްސް ޗެރިޓަބަލް ފަންޑް (ޕީޑަބްލިއުއެފްސީ) އަށް ބިން ލާދިންގެ އާއިލާގެ ދެ މީހެއްގެ ފަރާތުން އެއް މިލިއަން ޕައުންޑް ދީފައިވެ އެވެ. އަދި ފައިސާ ދީފައި ވަނީ އުސާމާ މަރާލިތާ ދެ އަހަރު ފަހުން 2013 ގައި ކަމަށް ބުންޏެވެ.

ސަން އިން ބުނި ގޮތުގައި ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި މުޅި ދުނިޔެ އަށް ވެސް މަޝްހޫރު ޖަމާއަތެއްގެ ވެރިއެއްގެ އާއިލާގެ ބައެެއްގެ ފަރާތުން ޗާލްސް އަށް މާލީ އެހީ ލިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި އެއީ ރައްޔިރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި ފަންޑުން އެ ފައިސާ ހޯދީ ވެސް ޗާލްސްގެ ކްލިއަރެންސް އޮފީހުގެ ނުރުމާ އެކީގައި ކަމަށްވެސް ބުނެފައިވެ އެވެ.

ސަންޑޭ ޓައިމްސް އިން ބުނި ގޮތުގައި ޗާލްސްގެ ޖަމާއަތަށް އެހީދިން ދެ މީހުންނަކީ ބަކުރު ބިން ލާދިން އާއި އޭނަގެ ކޮއްކޮ ޝަފީގް ބުން ލާދިން އެވެ. މި ބޭފުޅުންނަކީ އުސާމާ ވެސް ނިސްބަވްތާ ސައުދީ އަރަބިއްޔާގެ ނުފޫޒު ގަދަ މުއްސަނދި އާއިލާއެއްގެ ބޭފުޅުންނެވެ.

ބިން ލާދިން އާއިލާގެ ބައެއްގެ ފަރާތުން ޗާލްސް ފައިސާ ނެންގެވި ކަމަށް ރިޕޯޓްކުރުމާ ގުޅިގެން ކްރިއަރެންސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ބުނީ އެ ފައިސާ އަކީ އުސޫލުތަކާއި ހަމަތަކުގެ މަތިން އެހީއެއްގެ ގޮތުގައި ލިބުނު ފައިސާތަކެއް ކަމަށެވެ. އަދި އެ ފައިސާ ހޯދީ އެއާ ގުޅޭ ގޮތުން ބަލަން ޖެހޭ ހުރިހާ ކަމެއް ވެސް ބެލުމަށް ފަހު ދެފުށް ފެންނަ ގޮތަށް ކްލިއަރެންސް އޮފީހުގެ ރުހުމާ ވެސް އެކީގައި ކަމަށް ބުންޏެވެ.

އެތަނުން ބުނީ އުސާމާ ބިން ލާދިން އާއިލާގެ ބަޔަކު ފަންޑަށް ފައިސާ ހަދިޔާކުރުމަކީ އުސާމާއާ ގުޅުވަން ޖެހޭ ސަބަބެއް ވެސް ނޫން ކަމަށެވެ. އަދި އޭނަގެ އާއިލާގެ އެންމެންނަކީ އުސާމާގެ އަމަލުތަކުގެ ޒިންމާ ވެސް ނަގަން ޖެހޭ ބައެއް ނޫން ކަމަށާއި އެހެންވެ އެގޮތަށް އާއިލާގެ އެންމެން ސިފަކުރުމަކީ އިންސާފެއް ނޫން ކަމަށެވެ.