Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

އިންޑިއާ އިން ފުޑް ސެކިއުރިޓީ ކަށަވަރުކޮށްދޭ

އިންޑިއާ އިން ރާއްޖެ އަށް މެދުކެނޑުމެއް ނެތި އަސާސާ ބައެއް ބާވަތްތައް ފޯރުކޮށް ދިނުމުގެ މަގުފަހިކޮށް ދީފީ އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި މީގެ ތެރޭގައި ހިމެނެނީ ޒަރޫރީ ނުވަ ބާވަތެކެވެ. އެއީ ކާޑާއި ފިޔާ، ބިސް، އަލުވި އަދި މުގުގެ އިތުރުން އިމާރާތްކުރުމަށް ބޭނުންވާ ހިލަ އާއި ހިލަވެލި ފަދަ ތަކެއްޗެވެ. ދެ ގައުމުގެ ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން 7460 މެޓްރިކް ޓަނުގެ ހަކުރާއި 12،722 މެޓްރިކް ޓަނުގެ ފުށް ވެސް އެކްސްޕޯޓް ކުރަން ފަހިކޮށްދީފައިވެ އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި މޭ މަހާއި ޖޫން މަހު އިންޑިއާއިން ވަނީ ދުނިޔެއަށް ދިމާވެފައިވާ އިގުތިސާދީ ހީނަރުކަމުގެ ތެރޭގައި ގައުމުގެ ތަކެތީގެ އަގު މައްޗަށް ދާތީ އަގު ކޮންޓްރޯލްކުރުމުގެ ގޮތުން ހަކުރު އަދި ފުށް އެކްސްޕޯޓްކުރުން ހުއްޓާލައިފަ އެވެ.

ނަމަވެސް އިންޑިއާ އިން، ރާއްޖެއާ އެކު އޮންނަ ގާތް ގުޅުމަށް ބިނާކޮށް އަދި މެދުނުކެނޑި ކާޑުގެ ބާއްވަތްތައް ފޯރުކޮށްދިނުމަށް ދޫކޮށްފައިވާ ޙާއްސަ ހުއްދައިގެ މަތިން، ޒަރީރީ ތަކެތި ކުރިއަށް އޮތް 3-6 މަސްދުވަހުގެ ތެރޭގައި އިމްޕޯޓްކުރުމަށް އެސްޓީއޯ އަށް ފުރުސަތު ފަހިކޮށް ދީފައީވެ އެވެ.

މިކަން މި ގޮތަށް ހަމަޖެހިގެން ގޮސްފައި ވަނީ ރާއްޖެ އަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ބާވަތްތައް ދަތިކަމަ ކާނުލައި ފޯރުކޮށް ދިނުމައްޓަކައި ދެ ގައުމުގެ ދެމެދު ވެފައިވާ ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން ދޫކޮށްފައިވާ ޙާއްސަ ކޯޓާގެ ދަށުންނެވެ.

މި ނިޒާމުގެ ދަށުން އިންޑިއާ އިން ވަނީ މިދިޔަ އަހަރުގެ ޖުލައިގައި އަސާސީ ނުވަ ބާވަތެއް އެކްސްޕޯޓް ކުރުމުގެ ކޯޓާ އިތުރުކޮށް އެ ހުއްދަ 2024 ވަނަ އަހަރާ ހަމައަށް އައު ވެސް ކޮށް ދީފަ އެވެ. މީގެ އިތުރުން، ދޫކޮށްފައިވާ މި ހުއްދައިގެ ސަބަބުން އެ ގައުމުން މިހާރު ކަނޑައަޅާފައިވާ ނުވަތަ ކުރިއަށް އޮތް ތަނުގައި ކަނޑައަޅާ އެ ތަކެތީގެ އެކްސްޕޯޓް ކުރުމުގެ ޤަވައިދަށް ގެންނަ އެންމެހައި ބަދަލުތަކަކުން ބަރީއަވެގެން ދެ އެވެ.

އިންޑިއާއިން ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށް ފުރިހަމަ އެއްބާރުލުން އަބަދުވެސް ދެ އެވެ. އެގޮތުން މިފަދަ ކަށަވަރުކަމެއް ފޯރުކޮށްދީފައިވާ ކޯޓާއެއް ހަމަޖައްސައި ދީފައިވުމަކީ ދެ ގައުމުގެ މި ގުޅުމުގެ ތެރެއިންވާ ޙާއްސަ އެއް ކަމެވެ. އޭގެ ސަބަބުން ރާއްޖޭން ގައުމަށް ބޭނުންވާ ޒަރޫރީ ތަކެތި ހޯދޭނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން މިކަން ފާހަގަކުރި އިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ހަތަރު ދުވަހުގެ ދަތުރެއްގައި އިންޑިއާ އަށް ވަޑައިގެންފަ އެވެ.