Last Updated: August 8, 11:43
Monday, August 8, 2022
ޚަބަރު

އާ އެސިސްޓަންޓް އޮޑިޓަ ޖެނެރަލެއް

އެސިސްޓަންޓް އޮޑިޓަ ޖެނެރެލްގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.

އެ އޮފީހުން މިއަދު ބުނީ އެސިސްޓަންޓް އޮޑިޓަ ޖެނެރަލްގެ މަގާމަށް އަލަށް އައްޔަންކުރީ އިބްރާހީމް ފަޒީލު ކަމަށެވެ. އަދި އޭނާ އަށް މަރުހަބާ ކިޔައި ބުނެފައި ވަނީ ފަޒީލުގެ ތަޖުރިބާ އާއި ހުނަރާއި ގާބިލިއްޔަތާ އެކީ އޮޑިޓަ ޖެނެރަލް އޮފީހުގެ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށެވެ.

ފަޒީލަކީ އެކްސްޓާނަލް އޮޑިޓުން ދާއިރާ އިން 15 އަހަރުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. އެސިސްޓަންޓް އޮޑިޓަ ޖެނެރަލްގެ މަގާމަށް އައްޔަންކުރުމުގެ ކުރިން އޭނަ ހުންނެވީ ފައިނޭންޝަލް އެންޑް ކޮމްޕްލައިންސް އޮޑިޓްސްގެ ޑިރެކްޓަރުގެ މަގާމުގަ އެވެ.

އެސިސްޓަންޓް އޮޑިޓަ ޖެނެރަލްގެ މަގާމަށް ފަޒީލް އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި މުހަމަދު ހުސައިން ވަނީ މިދިޔަ މަހުގެ 31 ގައި ރިޓަޔަކުރައްވައިފަ އެވެ. އޭނާ އޮޑިޓަ ޖެނެރަލް އޮފީހުގައި 33 އަހަރު ހިދުމަތް ކުރައްވާފައިވެ އެވެ.

އޮޑިޓަ ޖެނެރަލް އަކީ ހުސައިން ނިޔާޒީ އެވެ. އޭނަ އެ މަގާމުގެ ހުވާކުރެއްވީ ޖުލައި 13، 2021 ގަ އެވެ.