Last Updated: April 25, 17:59
Thursday, April 25, 2024
ކުޅިވަރު

ހިމްނާ 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލައިފި

ރާއްޖޭގެ އަންހެނުންގެ 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އައިޝަތު ހިމްނާ ހަސަން މުގުރާލައިފި އެވެ.

ހިމްނާ ރެކޯޑް އާކުރީ މިހާރު އިނގިރޭސިވިލާތުގައި ކުރިއަށްދާ ކޮމަންވެލްތް ގޭމްސްގައި 12.17 ސިކުންތުން ދުވެގެންނެވެ. މި ރެކޯޑް މީގެކުރިން އޮތީ ކުރީގެ އެއްވަނަ ދުވުންތެރިޔާ ޝަމްހާ އަހުމަދުގެ އަތުގަ އެވެ. މީގެ 20 އަހަރުކުރިން ޝަމްހާ އެ ރިކޯޑް އާކުރީ ވޯލްޑް ޗެމްޕިއަންޝިޕްގައި 12.27 ސިކުންތުން ދުވެގެންނެވެ.

އަންހެނުންގެ 100 މީޓަރު ދުވުމުގެ ރެކޯޑް ހިމްނާ މުގުރާލިއިރު، 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑް ވެސް މިހާރު އޮތީ ހިމްނާ އަތުގަ އެވެ.

އައްޑޫ ސިޓީ އަށް ނިސްބަތްވާ ހިމްނާ އަކީ ފާއިތުވި ގިނަ މުބާރާތް ތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ދުވުންތެރިއެކެވެ. އަދި އެތައް ފަހަރެއްގެ މަތިން މުބާރާތް ތަކުގައި އުމުރުފުރާގެ އެންމެ މޮޅު އެތުލީޓު އަދި ބެސްޓް އޯލް ރައުންޑް އެތުލީޓުގެ މަގާމު ވެސް ހިމްނާ ވަނީ ހޯދާފަ އެވެ.

އެގޮތުން ހިމްނާ ވަނީ 2018 އަދި 2019 ވަނަ އަހަރު އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑާއި، ޖޫނިއާ އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑުގެ އިތުރުން 400 މީޓަރު ދުވުމުން ގައުމީ ޔޫތު ރިކޯޑު ގާއިމުކޮށްފަ އެވެ.