Last Updated: June 26, 14:38
Friday, June 26, 2026
ޚަބަރު

ދިރާގު ބޯޑަށް އަބްދުއްރަހީމް

ރައްޔިތުންގެ މެމްބަރުކަން ކުރެއްވި އަބްދުﷲ އަބްދުއްރަހީމް ދިރާގުގެ ބޯޑަށް އައްޔަންކޮށްފި އެވެ.

ރާއްޖޭގެ މުވާސަލާތީ ކުންފުނީގެ ބޯޑަށް އޭނާ އައްޔަންކުރިކަން ޕްރައިވެޓައިޒޭޝަން ބޯޑުން ހާމަކުރީ އިއްޔެ އެވެ. އަބްދުއްރަހީމަކީ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރުކަން 2009-2014 އަށް ކުރެއްވި ބޭފުޅެކެވެ.

އޭނާ އެ މަގާމަށް އިންތިހާބުވީ ޑީއާރްޕީގެ ޓިކެޓްގަ އެވެ. އެކަމަކު ފަހުން އެމްޑީޕީއާ ގުޅިވަޑައިގެންނެވި އެވެ.

ނަމަވެސް މަޖިލީހުގެ މެމްބަރުކަން އަދާކުރެއްވި ފަހުން އަބްދުއްރަހީމަކީ ސިޔާސީ މައިދާނުން އެއްވެސް ވަރަށް ފެންނަމުން ދިޔަ ބޭފުޅެއް ނޫނެވެ. އޭނަ އަކީ އެކައުންޓިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.