ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ފޯނު ފޭރިގެންފި އެވެ.
ނަޝީދުގެ ދަރިކަނބަލުން، މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރެސްޓޯރެންޓެއްގައި ކާން ތިއްބާ ނަޝީދުގެ ފޯނު ފޭރިގަނެގެން މީހަކު ގޮސްފައިވާ ކަމަށެވެ. އަދި ނަޝީދުގެ ނަމްބަރު ބްލޮކްކޮށްދެއްވުމަށް ވެސް ދަރިކަނބަލުން އެދިފައިވެ އެވެ.
ސީޝެލްސް އަށް ކުރެއްވި ރަސްމީ ދަތުރުފުޅަކަށްފަހު ނަޝީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ. ނަޝީދުގެ އާއިލާ ދިރިއުޅުއްވަނީ އެގައުމުގަ އެވެ.
މަޖިލިސް މިވަގުތު ޗުއްޓީގައި އޮތްއިރު މި މަހުގެ 18 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާތައް އަލުން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.