ޕީޕީއެމާއި ޕީއެންސީގެ ދާއިރާތަކުގެ އިސްވެރިން ހޮވަން ނިންމައި މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ދެ ޕާޓީން ރޭ ބުނި ގޮތުގައި ހުޅުވާލާފައިވާ މަގާމުތަކަކީ ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި ޒުވާނުންގެ ޙަރަކާތުގެ ރަށުގެ ރައީސުންނާއި އަންހެނުންގެ ޙަރަކާތުގެ ރަށުގެ ރައީސުންން ކަމަށެވެ. މި މަގާމުތަކަަށް ކުރިމަތިލާން ޝައުގުވެރިވާ ޕީޕީއެމްގެ ރަށްރަށުގެ މެމްބަރުންނަށް މިހާރު އެކަމަށް އެދޭ ފޯމް ޑައުންލޯޑްކުރެވޭނެ އެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ދާއިރާ ރައީސް، ނައިބު ރައީސް، ޒުވާނުންގެ ޙަރަކާތުަގެ ރަށުގެ ރައީސްއާއި އަންހެނުންގެ ޙަރަކާތުގެ ރަށުގެ ރައީސްގެ އިންތިޚާބާގުޅޭ އެޕްލިކޭޝަން ފޯމްތަކާއި ޤަވައިދު ޑައުންލޯޑް ކުރެއްވުމަށް. https://t.co/e4ad9qMyL8
— Progressive Party of Maldives (@ProgressPartyMV) August 3, 2022
މި މަގާމުތަކަށް މީހުން ހޮވަން ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 15 ގަ އެވެ.
އިންތިހާބު ކޮމިޓީން ބުނީ އިންތިހާބަށް ވާދަކުރަން ހުށަހަޅާ ފޯމްތައް ބަލައި ގަންނާނީ މި މަހުގެ 13-25 އަށެވެ. ވޯޓްލުމަށް ރީ-ރަޖިސްޓްރޭޝަނަށް އަންނަ މަހުގެ 15 ގައި ހުޅުވާލައި، ހަތް ދުވަހުގެ މުއްދަތެއް ވެސް ދޭން ވަނީ ނިންމައިފަ އެވެ.
ޕީޕީއެމާއި ޕީއެންސީ ދާއިރާތަކުގެ އިސް މަގާމުތަކަށް މީހުން އިންތިހާބުކުރަން ތައްޔާރު މި ވަނީ ރިޔާސީ އިންތިހާވަށްވާ ތައްޔާރީއެއްގެ ގޮރުގަ އެވެ. އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ޔާމީނާ ރަސްމީކޮށް ޓިކެޓް ހަވާލުކުރަން މި މަހުގެ 19 ގައި ހާއްސަ ޖަލްސާއެއް ބާއްވަން މިހާރު އަންނަނީ ތައްޔާރީތައް ވަމުންނެވެ.