Last Updated: July 12, 13:47
Saturday, July 12, 2025
މުނިފޫހިފިލުވުން

ޖާންވީގެ ފިލްމަށް ރިތިކްގެ ތައުރީފު

މިދިޔަ މަހުގެ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި ޖާންވީ ކަޕޫރްގެ ފިލްމު "ގުޑް ލަކް ޖެރީ" އަށް ރިތިކް ރޯޝަން ތައުރީފުކޮށްފި އެވެ.

އެ ފިލްމު ބަލާފައި، އޭނަ މިއަދު ކުރި ޓްވީޓެއްގައި ފިލްމުގެ ޓީމުން ކޮށްފައި އޮތް މަސައްކަތް ވަރަށް ފުރިހަމަ ކަމަށް ބުންޏެވެ. ރިތިކް ބުނި ގޮތުގައި "ގުޑް ލަކް ޖެރީ" އަކީ ލައިޓްހާޓެޑް ފިލްމަކަށް ވިޔަސް އެހާމެ ޖަޒުބާތީ ވެސް ފިލްމެކެވެ.

"މަރުހަބާ ޖާންވީ އާއި މުޅި ކާސްޓާއި ޑައިރެކްޓަރަށް." އޭނާ ބުންޏެވެ.

ރިތިކް ބުނި ގޮތުގައި ފިލްމު ދީޕަކް ދޮބްރިޔާލް ދެއްކި އެކްޓިން ވަކިން ބޮޑަށް ފާހަގަކޮށްލެވެ އެވެ.

މިދިޔަ މަހުގެ 29 ގައި ޕްރީމިއާކުރި ގުޑް ލަކް ޖެރީ" ސިދާތު ސެންގުޕްތާ ޑައިރެކްޓްކުރި ބްލެކް ކޮމެޑީ ކްރައިމް ފިލްމެކެވެ. އަދި މިއީ މިއީ 2018 ގެ ތަމަޅަ ފިލްމު "ކޮލަމާވް ކޮކީލާ" އަސްލަކަށް ބަލައިގެން ހަދާފައިވާ އެއްޗެކެވެ.