Last Updated: April 19, 19:29
Friday, April 19, 2024
ޚަބަރު

އެމްއެންޕީގެ އާ ތަރުޖަމާނަކަށް ޝިދާތާ

އެމްއެންޕީގެ އައު ތަރުޖަމާނަކަށް ޝިދާތާ ޝަރީފް ހަމަޖައްސައިފި އެވެ.

މިއަދު ހަވީރު އެމްއެންޕީގެ ސްޕޯކްސްޕަރސަން ތަޢާރަފްކުރުމަށް ހަރަކާތެއްވެސް ޕާޓީގެ ފަރާތުން ވަނީ ބާއްވާފަ އެވެ.

މިހަރަކާތުގައި ވާހަކަދައްކަމުން އެމްއެންޕީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމް ވިދާޅުވީ އެމްއެންޕީ އުފެދުނީ ޤައުމީ ފިކުރުގެ ގޮތުގައި ކަމަށާއި އަދި ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް ގިރާ ކުރެވިފައިނުވާ، ވަރަށް ކާމިޔާބު ހަރުފަތްތަކެއް އެމްއެންޕީން ގިރާކޮށްފައިވާ ކަމަށެވެ.

އެގޮތުން ކުރިޔަށް އޮތް ތަނުގައި ޕާޓީން ކުރަންހުރި ބޮޑެތި މަސައްކަތްތަކުގައި ޕާޓީގެ އައު ތަރުޖަމާނު ޝިދާތާގެ ޚިއްޞާ ބޮޑު ކަމަށް ނާޒިމް ވިދާޅުވި އެވެ.

މިއަދުގެ ބޭއްވުނު ހަރަކާތުގައި ޝިދާތާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ ގޮތުން ނެގި ބޮޑެތި ބިޔަ ރާޅުތަކުގެ ތެރޭގައި ފަތާފައިވާ ކަމަށާއި، ބިރުވެރިކަމާއި ނާމާންކަމުގެ ތެރޭގައިވެސް ޤާނޫނު ނަގަހައްޓާ، ރައްޔިތުންގެ ޙައްޤުގައި އަޑު އުފުލި ކަމަށެވެ. އަދި މިއަދު ކުރިޔަށް ފިޔަވަޅު އަޅަމުން ދަނީ އެތަޖުރިބާތަކުގެ އަލީގައި ކަމަށް ޝިދާތާ ވިދާޅުވި އެވެ.

"ކުރިޔަށް އޮތީ މަސައްކަތް ގިނަ ބުރަ ދުވަސްތަކެއް. އެހެންކަމުން އެމްއެންޕީގެ ފަރާތުން ފެންނާނީ ފުރިހަމަޔަށް މި މަސައްކަތަށް ގިޔަރު އަޅުވާ، ބާރުކުރާ މަންޒަރު." ޝިދާތާ ވިދާޅުވި އެވެ.