Last Updated: April 25, 12:03
Thursday, April 25, 2024
ކުޅިވަރު

ޕްރިމިއާ ލީގުގެ އާ ސީޒަން މިރޭ ފަށަނީ

އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަން ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރު ފަށާނެ އެވެ.

އާ ސީޒަންގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އާސެނަލް އާއި ކްރިސްޓަލް ޕެލެސްއާ އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ޕެލެސްގެ ދަނޑުގަ އެވެ.

ލީގުގެ ފުރަތަމަ ހަފްތާގައި 10 މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރެއިން ގިނަ މެޗުތައް ކުޅުމަށް ހަމަޖެހިފައި އޮތީ ހޮނިހިރު ދުވަހު އެވެ.

<>ޕްރިމިއާ ލީގު ފުރަތަމަ ހަފްތާގައި ކުޅޭ މެޗުތައް:

1- ކްރިސްޓަލް ޕެލެސް – އާސެނަލް / ހޮނިހިރު، 00:00

2- ފުލަމް – ލިވަޕޫލް / ހޮނިހިރު، 16:30

3- ބޯންމަތް – އެސްޓަންވިލާ / ހޮނިހިރު، 19:00

4- ނިއުކާސަލް ޔުނައިޓެޑް – ނޮޓިންހަމް ފޮރެސްޓް / ހޮނިހިރު، 19:00

5- ޓޮޓެންހަމް – ސައުތްހެމްޓަން / ހޮނިހިރު، 19:00

6- ލީޑްސް ޔުނައިޓެޑް – ވުލްވްސް / ހޮނިހިރު، 19:00

7- އެވަޓަން – ޗެލްސީ / ހޮނިހިރު، 21:30

8- ލެސްޓަ ސިިޓީ – ބްރެންޓްފޯޑް / އާދީއްތަ، 18:00

9- މެންޗެސްޓާ ޔުނައިޓެޑް – ބްރައިޓަން / އާދީއްތަ، 18:00

10- ވެސްޓްހަމް ޔުނައިޓެޑް – މެންޗެސްޓާ ސިޓީ / އާދީއްތަ، 20:30

އާ ސީޒަނާއި ކުރިމަތި ލާއިރު ގިނަ ކްލަބު ތަކުން މިހާރުވެސް އަންނަނީ މި ޓްރާންސްފާ މާކެޓުގައި ކުޅުންތެރިން ގެނެސް އިތުރަށް ސްކޮޑްތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން މި ޓްރާންސްފާ މާކެޓުގައި މިހާތަނަށް އެންމެ ބޮޑު އަގެއްގައި ކުޅުންތެރިއަކު ގެނެސްފައިވަނީ ލިވަޕޫލުންނެވެ. އެއީ ބެންފީކާ އަށް ކުޅެމުން އަންނަ ފޯވާޑް ޑާވިން ނުނޭޒް އެވެ. އޭނާ ލިވަޕޫލަށް ގެެނެސްފައިވަނީ 67.5 މިލިއަން ޕައުންޑަށެވެ.

ދެވަނަ އަށް އެންމެ ބޮޑު އަގެއްގައި ގެނެސްފައިވަނީ މެންޗެސްޓާ ސިޓީ އަށް މި ޓްރާންސްފާ މާކެޓުގައި ބަދަލުވި ޒުވާން ފޯވާޑް ހާލަންޑެވެ. ސިޓީން ހާލަންޑް ގެނެސްފައިވަނީ 54 މިލިއަން ޕައުންޑަށެވެ. ލިސްޓުގެ ތިންވަނައިގައި އޮތީ އެވަޓަން ދޫކޮށް ޓޮޓެންހަމް އަށް ބަދަލުވި ބްރެޒިލްގެ ފޯވާޑް ރިޗާލިސަން އެވެ. ރިޗާލިސަން ޓޮޓެންހަމަށް ބަދަލުވީ 52 މިލިއަން ޕައުންޑަށެވެ.

ޕްރިމިއާ ލީގުގެ އެންމެފަހުގެ ދެ އަހަރު ޗެމްޕިއަނުންނަކީ ވެސް ސިޓީ އެވެ.