Last Updated: April 24, 20:13
Wednesday, April 24, 2024
ޚަބަރު

ޖުލައިގައި 133،000 އަށް ވުރެ ގިނަ ޓޫރިސްޓުން

މިދިޔަ މަހުގެ ތެރޭގައި ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު 133،000 އަށް ވުރެ ގިނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އާންމުކުރި އެ ދާއިރާގެ އެންމެ ފަހުހެ ހިސާބުދައް ދައްކާ ޖުލައި މަހުގެ ތެރޭގައި އައި ޓޫރިސްޓުންގެ ޖުމްލަ އަދަދަކީ 133،561 އެވެ. މިއި ކޮވިޑް-19 ގެ ކުރިން 2019 ގެ ޖުލައިގައި އައި ޓޫރިސްޓުންނަށް ވުރެ ވެސް އިތުރު އަދަދެކެވެ. ކޮވިޑަށް ފަހު ރާއްޖެ އަށް ޓޫރިސްޓުން އަންނަ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ އިރު މި އަހަރުގެ މިހާތަނަށް 960،075 ޓޫރިސްޓުން އައިސްފައިވެ އެވެ.

ވަކިވަކި މަސްތަކުގައި ޓޫރިސްޓުން އައި އަދަދަށް ބަލާ އިރު، ޖެނުއަރީގައި 131،764 ޓޫރިސްޓުން، ފެބްރުއަރީގައި 149،008 ޓޫރިސްޓުން މާޗްގައި 150،739 ޓޫރިސްޓުން، އޭޕްރީލްގައި 145،279 ޓޫރިސްޓުން، މެއިގައި 125،522 އަދި ޖޫން މަހު 110،889 ޓޫރިސްޓުން އައިސްފައިވެ އެވެ.

ރާއްޖޭގެ މި އަހަރުގެ އަމާޒަކީ އަހަރު ނިމޭ އިރު 1.6 ޓޫރިސްޓުން ގެނައުމެވެ.

މިހާރު ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ އިންޑިއާއިންނެވެ. އެގޮތުން ރާއްޖެ އަންނަ ޓޫރިސްޓުންގެ 14.4 ޕަސެންޓަކީ އެ ގައުމުގެ ޓޫރިސްޓުންނެވެ. ދެވަނައިގައި އިނގިރޭސިވިލާތް އޮތް އިރު، ތިން ވަނަ އަކީ ރަޝިއާ އެވެ.