Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އެއްޖިންސުން ގުޅުން ހިންގި ޓީޗަރު ސަސްޕެންޑްކޮށްފި

ގިނަ އަދަދެއްގެ ދިވެހިންތަކަކާ އެކީ އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްއާ ގުޅުން ހިންގި ރާއްޖޭގެ ޓީޗަރަކު ސަސްޕެންޑްކޮށްފި އެވެ.

ޓީޗަރާއި އަދި އިތުރު އެހެން ފިރިހެނަކު ވެސް ހިމެނޭހެން ގްރޫޕް ހަދައިގެން އަލަމްގީރާ ގުޅުން ހިންގި މައްސަލައެއްގައި ޓީޗަރަކު މިއަދު ސަސްޕެންޑްކުރީ އެ މީހުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ރޭ މެންދަމު އާންމުވުމާ ގުޅިގެންނެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ޓީޗަރަކީ އިމާދުއްދީން ސްކޫލްގައި މަސައްކަތްކުރަމުން އައި ށ. ކޮމަންޑު އަށް ނިސްބަތްވާ އަބުދުއްރަހްމާން ހަސަނެވެ.

އޭނާ ސަސްޕެންޑްކުރިކަން އެޑިއުކޭޝަން މިނިސްޓްރީން ކަށަވަރުކޮށްދިން ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.

ޓީޗަރާއި އަލަމްގީރާ އެކު ވީޑިއޯގައި ދެން ފެންނަނީ ކާކު ކަމެއް އަދި މިހާތަނަށް ސާފެއް ނުވެ އެވެ.

އަލަމްގީރް ގިނަ ބަޔަކާ އެކީ އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރުކުރީ މިދިޔަ މަހުގެ 12 ގަ އެވެ. އަދި އޭނާއާ އެކީ ގުޅުން ހިންގި ބައެއް މީހުން ވެސް ތިބީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި މުހައްމަދު ނަޝީދު (ކާނަލް) ގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް (ޑިއީޑީ) ގައި ކުރިން މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު އެވެ.

މި އެންމެން ވެސް ހައްޔަކުރި އިރު، އަލަމްގީރާ އެކު އެ މީހުން ގުޅުން ހިންގާ ވީޑިއޯތައް ވެސް ލީކްވެފައިވެ އެެވެ.

އަޑުތައް އަރާފައިވާ ގޮތުން ވެއިޓަރެއްގެ ވަޒީފާ އަށް 2019 ގައި ރާއްޖެ އައި އަލަމްގީރް މިހާތަނަށް 250 އެއްހާ ދިވެހިންނާ އެކީ އެއްޖިންސުން ގުޅުން ހިންގާފައިވެ އެވެ.