Last Updated: March 29, 02:52
Thursday, March 28, 2024
ކުޅިވަރު

ޒެފިޔާ އިން މައިލޯ ބަލިކޮށްފި

އެފްސީ ޒެފިޔާ

އައްޑޫ ފޭދޫގެ ފާހި ސްޕޯޓްސް ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ "ފޭދޫ ސޮކާ ކަޕް"ގައި މިއަދު ކުޅުނު ލީގު ބުރުގެ ފަހު މެޗުން ޒެފިޔާ މޮޅުވެއްޖެ އެވެ.

މުބާރާތުގެ މިއަދު ކުޅުނު މެޗު ޒެފިޔާ އިން ކާމިޔާބުކުރީ އެފްސީ މައިލޯއާ ބައްދަލުކޮށް 2-1 އިންނެވެ.

ހިތަދޫ ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ކުޅުނު މެޗުގައި ޒެފިޔާ ޓީމުގެ ދެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ފަޒީލް އާއި މުހައްމަދު އިންޝާލް އެވެ. މައިލޯގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ޒާދް މުހައްމަދު ހާލިދެވެ.

މި މެޗާއެކު މުބާރާތުގެ ލީގު ބުރުގެ ކުޅުން ނިމިފައިވާއިރު ދެން އޮންނާނީ ފައިނެލެވެ. ފައިނަލަށް ދަތުރުކޮށްފައިވަނީ ލީގު ބުރުގައި އެންމެ ގިނަ ޕޮއިންޓު ހޯދި ދެ ޓީމު ކަމަށްވާ މައިލޯ އާއި ޒެފިޔާ އެވެ.

މުބާރާތުގައި ވާދަކުރި ޓީމުތަކަކީ އެފްސީ އަފިރިން، މައިލޯ އެފްސީ، އެފްސީ ޒެފިއާ އަދި ފްރެންޑްސް ކްލަބެވެ.

މި މުބާރާތަކީ އައްޑޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އަށަގެނުވައި، ފުޓްބޯޅައިގެ ރޫހު އާލާކޮށް، އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ފޭދޫ އަވަށު އޮފީސް ކޮންޓްރޯލް ޕީ އާއި ދިރާގު އަދި ހެޕީ މާކެޓެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އައްޑޫ ލައިވް އެވެ.