Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ދަރިވަރުންނަށް ބަހުގެ ހިދުމަތް ދިނުމާ ގުޅޭ މަޝްވަރާތަކެއް

މި އަހަރުގެ ދިރާސީ އާ އަހަރު މާދަމާ ފަށާތީ ސްކޫލް ދަރިވަރުންނަށް ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމުތަކާ ބެހޭ ގޮތުން މިނީ ބަހުގެ ހިދުމަތް މިހާރު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ދެމުން އަންނަ އެމްޓީސީސީއާ އެޑިއުކޭޝަން މިނިސްޓްރީ ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.

މިނިސްޓްރީގެ ފަރާތުން ބައްދަލުވުމެއްގައި އިސްކޮށް ހުންނެވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. އެމްޓީސީސީގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނެވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މި ބަައްދަލުވުމުގައި ވަނީ މިހާރު މިނީ ބަހުގެ ހިދުމަތްދޭ ސަރަހައްދުތަކުގެ ސްކޫލް ކުދިންނަށް ބަހުގައި ސްކޫލަށް ދިއުމާއި އެނބުރި ގެއަށް ދިއުމުގައި ފަސޭހަވާނެ ގޮތަށް ދަތުރުތައް ޝެޑިއުލްކޮށް، އެކަން ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

އެގޮތުން އެމްޓީސީސީން ވަނީ ދައްޗަކާ ނުލައި ބަހުގައި ސްކޫލްތަކަށް ދާން ބޭނުންވާ ދަރިވަރުންނަށް އެ އިންތިޒާމު މާދަމާ އިން ފެށިގެން ހަމަޖެހިފައި ހުންނާނެކަމުގެ ޔަގީންކަން ދީފަ އެވެ. އެގޮތުން ސްކޫލް ކުދިންނަށް އަބަދު ވެސް ބަހުގެ ހިދުމަތް ހިލޭ ލިބޭނެކަން ވެސް އެ ކުންފުނިން ފާހަގަކުރި އެވެ.

މިނީ ބަހުގެ ހިދުމަތް މި ވަގުތު ދެމުން އަންނަނީ އައްޑު އާއި ފުވައްމުލަކާއި ލ. އަތޮޅުގެ އިތުރުން ފުވައްމުލަކުގަ އެވެ. އެ ސަރަހައްދުތަކުގައި ހިދުމަތް ދޭން ފެށީ މިދިޔަ މަހުގެ 31 ގަ އެވެ. އަދި ދެ ހަފުތާ ވަންދެން އާންމުންނަށް ހިލޭ ދަތުރު ވެސް ކުރެވޭ ގޮތަށް އޮތީ ހަމަޖައްސައިފަ އެވެ.

އެމްޓީސީސީން ބުނި ގޮތުގައި ބަހުގެ ހިދުމަތް ސްކޫލް ކުދިންގެ އިތުރުން ހާއްސަ އަށް ބޭނުންވާ މީހުންގެ އިތުރުން 65 އަހަރުން މީހުންނަށް ހިލޭ ލިބޭނެ އެވެ.

މި ހިދުމަތް މާލޭގައި ވެސް ފެށުމަށް މިހާރު އަންނަނީ ތައްޔާރީތައްވަމުންނެވެ.