Last Updated: August 18, 10:12
Thursday, August 18, 2022
ޚަބަރު

ސްޓެލްކޯ ފްލެޓް މުވައްޒަފުންނާ ހަވާލުކޮށްފި

ހުޅުމާލޭ ފޭސް2 ގައި ސްޓެލްކޯ އިން އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ތަޅުދަނޑި މުވައްޒަފުންނާ ހަވާލުކޮށްފިއެވެ.

ފްލެޓްތަކުގެ ތަޅުދަނޑު މުވައްޒަފުންނާ ހަވާލުކޮށްފައިވަނީ، މިއަދު ހެނދުނު އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައެވެ.

ސްޓެލްކޯގެ ދެ ޓަވަރުގައި 360 ފްލެޓު ހިމެނެއެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އަދި މެއިޑް ރޫމްގެ 288 އެޕާޓްމަންޓްތަކެވެ.

މީގެތެރެއިން މިއަދު ހަވާލު ކޮށްފައިވަނީ އެގްރިމެންޓްގައި ސޮއިކުރި 306 އެޕާޓްމަންޓެވެ. އަދި 52 އެގްރިމެންޓްގައި ސޮއި ނުކުރާއިރު، އެ ފަރާތްތަކަށް ސޮއި ކުރުމަށް ވަގުތު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދޭނެކަމަށް ސްޓެލްކޯއިން މައުލުމާތުދެއެވެ. އޭގެ ފަހުން އެގްރިމެންޓްގައި ސޮއި ނުކުރާ ފަރާތްތަކުގެ ފްލެޓްތައް އެހެން ސްޓާފުންނަށް ދޭނެ ކަމަށް ވެސް މައުލޫމާތުދެއެވެ.

ފްލެޓް ތަޅުދަނޑު ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުއެވެ.