Last Updated: April 20, 13:48
Saturday, April 20, 2024
ޚަބަރު

ނިޝާންގެ ބަންދު ސުޕްރީމް ކޯޓްގެ އިސްތިއުނާފަށް

ޔޯގާ އިވެންޓްގެ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކޮށްފައިވާ ޝެއިހް އާދަމް ނިޝާންގެ ބަންދަށް ހައި ކޯޓުން ތާއީދުކޮށްފައިވާތީ އެ ނިންމުން އިސްތިއުނާފުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.

ނިޝާން ބަންދުކޮށްފައި ވަނީ ރަނގަޅަށް ކަމަށް ކޯޓުން ނިންމީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކަމާ ގުޅިގެން މިހާރު އޭނަގެ ގާނޫނީ ޓީމުން ވަނީ ސުޕްރީމް ކޯޓްގައި މައްސަލަ އިސްތިއުނާފުކުރަން ނިންމައިފަ އެވެ.

ޖޫން މަހުގެ 21 ގައި މާލޭގައި ޔޯގާ ޑޭ ފާހަގަކުރަން ބޭއްވި އިވެންޓްގެ ތެރެއަށް ބަޔަކު ވަދެގަނެ، ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ނިޝާން ހައްޔަރުކުރީ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ރޭގަ އެވެ. އޭގެ ފަހުން އޭނަގެ ބަންދުގެ މުއްދަތު އިތުރުކުރަމުން ގޮސްފައިވެ އެވެ.

ނިޝާން ބޭއިންސާފުން ހައްޔަރުކޮށް ހައްގު ނޫން އަނިޔާ ދެމުންދާ ކަމަށް ބުނެ ރާއްޖޭގެ ވަރަށް ގިނަ ދީނީ އިލްމުވެރިންނާއި ދީނީ ޖަމާއަތްތަކުގެ އިތުރުން އިދިކޮޅު ސިޔާސީ ޕާޓީތަކުން ވެސް ގެންދަނީ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ޔޯގާ އިވެންޓްގެ ހަމަނުޖެހުމާ ގުޅިގެން ޝައިހް ނިޝާނާ އެކީ ޝެއިގް ފަޒްލޫން އާދަމް ވެސް ހައްޔަރުކުރި އެވެ. އެކަމަކު ޝަރުތުތަކެއް ކުރުމަށް ފަހު އޭނާ ވަނީ މިދިޔަ މަހުގެ 21 ގައި ދޫކޮށްލައިފަ އެވެ.