Last Updated: April 26, 22:09
Friday, April 26, 2024
ޚަބަރު

ވެމްކޯގެ ބިޒްނެސް ޕްލޭން ހަދަން ބަޔަކު ހޯދަނީ

ރާއްޖޭގައި މިހާރު އެންމެ ފުޅާކޮށް ކުނި މެނޭޖްކުރަމުން އަންނަ ސަރުކާރުގެ ކުންފުނި، ވެމްކޯގެ ބިޒްނެސް ޕްލޭން ހަދައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

އެ ކުންފުނިން ބުނީ ބިޒްނެސް ޕްލޭން ހަދަން ބޭނުން ވަނީ 2023-2027 އަށް ކަމަށާއި އެކަން ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. ސުންގަޑި އަކީ މި މަހުގެ 11 އެވެ. އަދި މި ބީލަމުގައި ބައިވެރިވާން ހޯމަ ދުވަހުގެ ކުރިން ރަޖިސްޓްރީކުރަން ޖެހޭނެ އެވެ.

ވެމްކޯ އިން ބުނި ގޮތުގައި ކުރިއަށް އޮތް ހަތަރު އަހަރަށް ބިޒްނަސް ޕްލޭނެއް ހެދުމުގެ މަގުސަދަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ކުނި މެނޭޖުކުރުމުގެ ހިދުމަތް އެންމެ ފުރިހަމައަށް ދިނުމެވެ.